މާލެއިން 17 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ދަނީ އެކަމާއި ގުޅިގެން އިތުރަށް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން [...
މުޙައްމަދު ވަސީމް
ޢިލްމު އިންސްޓިޓިއުޓުގެ 100 ޙާފިޒުން ޕްރޮގްރާމްގެ ފުރަތަމަ ސެމިސްޓަރ ކާމިޔާބު ކަމުގައި އެ އިންސްޓިޓިއުޓްގެ ފައުންޑަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ޢިލްމު އިންސްޓިޓިއުޓުން ފެށި 100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢު ﷲ ގެ މަތިވެރި ރަޙުމަތުން ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއް ކަމުގައެވެ. އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ސެމިސްޓަރ މިހާރު ނިމިފައިވާ ކަމަށާއި މި ސެމިސްޓަރ ނިމުނުއިރު ބައެއް ދަރިވަރުން ހަތަރު […]
ސަނިއްޔާ އަބޫބަކުރު
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށެވެ. ކްރިމިނަލް ކޯޓަށް ޤާޟީއެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ އެ ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން އެ ކޮމިޝަނުން ނިންމާފައިވާތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މަގާމެއް އަންނަ މަހު ހުސްވާނެތީއެވެ. […]
ޔުމްނާ ޢަލީ
ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން ކޮނޮސުއަރ ސާކަލްއާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އިޝްތިހާރުކުރުމުގެ ކެމްޕެއިނެށް ފަށައިފިއެވެ. ކޮނޮސުއަރ ސާކަލް އަކީ ލަގްޒަރީ ހޮޓެލްތަކާއި ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ. ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރ...
އިބްރާހިމް އަސްވާޤް
ނައިބު ރައީސް އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އިއްޔެ އޭދަފުށީ އަމާން ވެސްޓަށް ޒިޔާރަތް ކުރެއްވީ ދަރަވަންދޫގައި ކުރިޔަށްދާ ޢީދު ޙަރަކާތްތައް ބައްލަވާލެއްވުމަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އޭދަފުއްޓަށް ވަޑައިގެން ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެށީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގެ ހާލަތު ވެސް ބައްލަވާ ލައ...
ސަނިއްޔާ އަބޫބަކުރު
ޔޯގާ ހަރަކާތާ ދެކޮޅަށް ބޭއްވި މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަށް ޖަލަށް އިންޑިއާގެ އޮފިޝަލުންތަކެއް ވަދެފައިވާ ކަމަށް ބުނާ ވާހަކައަކީ ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވާން ކަމަށް ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވެ...
ސަނިއްޔާ އަބޫބަކުރު
މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ. އެގޮތުން މި ޒިޔާރަތުގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވި ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ބައްދަލު ކުރައްވައި ޙާލުއަހުވާލު އޮޅުން ފިލުއްވާފައެވެ. މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަ...
ސަނިއްޔާ އަބޫބަކުރު
ސްރީލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރެއް ކަމަށާއި މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ. މީ...
އަލީ އާދިލް
އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކ. މާފުށި އަދި ގއ. ވިލިނގިލިން ބަނގުރަލާއި ބިޔަރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މިއީ، މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްކަމަށެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ […]
އަލީ އާދިލް
މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސަރަކުރާނެކަމަށް މޫސުމާއި ބެހޭ ގައިމީ އިދާރާއިން ހާމަކޮށްފިއެވެ. މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރު 01:45 އިން ފެށިގެން ހެނދު 07:45 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެއޮފީހުން ބުނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށާއި ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އ...
އަލީ ރިޔާޟް
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފި އެވެ. ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ. ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއް...
އަލީ އާދިލް
ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާއި ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ. މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރަށްވާ މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްފައިވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ...
ސަނިއްޔާ އަބޫބަކުރު
ސްޓެލްކޯގެ ކަރަންޓް ފޮށްޓަކުން އެއް މީޓަރުގެ ކޭބަލެއް ބުރިކޮށްލައިގެން ގެންދިޔަ މީހަކު 11 މަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ބ. ދަރަވަންދޫ ވިލަރެސް، ހުސައިން މުޒުލިފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު މާލޭގެ މަގެއްގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން އެއް މީޓަރުގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމުންނެވެ. އޭނާ އެކަންކުރީ ދުނިކީސް ތިލައެއް ބޭނުންކޮށްގެންނެވެ. އެކަމަށް އޭނާ ކޯޓުގައި އެއްބަސްވެ އަދި ލުއި އަދަބެއް ދޭން […]
ހުސައިން ހަބީބް
ޢީދު އަދި ވަޅުޢީދު ދުވަހުގެ ހަވީރު މާލޭގައި ދުއްވުން މަނާ ވަގުތެއް ކަނޑަ އަޅައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ މި އަހަރުގެ އަޟްހާ އީދު ދުވަހާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅޭނެ ވަގުތުތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނިންމާފައި ވާތީ ކަމަށެވެ. މި ހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި […]
ސަނިއްޔާ އަބޫބަކުރު
އަންނަ ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ޢީދު ބަންދާއި ދިމާވާގޮތުން ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ޢާއްމުކޮށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި […]
ސަނިއްޔާ އަބޫބަކުރު