ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މާދަމާ ފުރާވަޑައިގަންނަވާއިރު މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު މިހާރު ވަނީ ޙައްޖަށް ފުރާވަޑައިގެންފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާއެވެ.
ރާއްޖޭގެ ހުރިހާ ޙައްޖުވެރިންވެސް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 7 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!