މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ލަފާކުރައްވައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށެވެ.

Ad
rt

އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓް އޮފީހުން އިން ލަފާ ކުރައްވާފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ޢާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށްވީ ނަމަވެސް، މިއަހަރު ދަނީ އާދަޔާ ޚިލާފަށް ވިއްސާރަ ކުރަމުންނެވެ.

އެގޮތުން ކުރިން އެއް ދުވަހުން ވާރޭ ވެހޭ މިންވަރަށް މިހާރު ގަޑިއެއްހާއިރުން ވާރޭވެހޭކަން މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުމާއި މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނަޖަށް ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުގެ ރައްތަކަށް ބޯކެރި ވެހުމުގެ އިތުރުން އުދަ އެރުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި ކަނޑުތައް ގަދަވެފައި ވުމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް ދަނީ ހިނގަމުންނެވެ.

މިދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުނު ދުވަސްވަރު ކަމަށް ވެފައި، ކުރިއަށް އޮތީ ބޮޑު ޢީދު ކަމަށް ވުމުން ގިނަ ބަޔަކު ދަނީ ދަތުރުފަތުރު ކުރަމުންނެވެ.