ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޤަ...
ޔުމްނާ ޢަލީ
މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާންކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މާލޭގެ ރައްޔިތުންނާ މުޚާތަބުކުރަށްވާ މޭޔަރު މިރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންވާނީ ހިލޭކަމަށް ސިޓީ ކައުންސިލުން ފެށުނިއްސުރެ ވަކާލާތު ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެ...
އަލީ އާދިލް
1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްރޫޕް މާދަމާ ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. މިގޮތުން ފުރަތަމަ ފްލައިޓް އަންނާނީ މާދަމާއެވެ. މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނާނެއެވެ. ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓް އަންނާނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. މި ފްލައިޓުން 175 ޙަ...
ޔުމްނާ ޢަލީ
ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ދިވެހި އެތުލީޓުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް ވަނީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސް ޞާލިޙް...
މުޙައްމަދު ވަސީމް
ބައެއް ޙާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިއްޔެ ތަސްދީގުކުރެއްވާފައިވާއިރު ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ހިމަނާފައިވާ މާއްދާ އިސްލާޙްކުރުމަށް ދިވެހި ނޫސްވެރިންގެ ހައްގުގައި ހުއްޓާނުލާ މަސައްކަތްކުރާނެ ކަމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ. ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިނ...
ސަނިއްޔާ އަބޫބަކުރު
ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުމަކީ ސަރުކާރުގެ މަޒާނެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވެވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކ...
އިބްރާހިމް އަސްވާޤް
މޮރޮކޯއިން ދިވެހިރާއްޖޭގައި އެ ޤައުމުގެ އޮނަނަރީ ކޮންސިއުލޭޓެއް އިއްޔެ ހުޅުވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮނަނަރީ ކޮންސިއުލޭޓް މެދުވެރިކޮށް އެ ޤައުމުން ދިވެހިންނަށް ތިންމަހުގެ އޮން އެރައިވަލް ވިސާ ދޫކުރާ ގޮތަށް ހަމަޖެހިގެން ދާނެއެވެ. މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯ ސަފީރު މުހައްމަދު މާލިކީ އެވެ. މިރަސްމިއްޔާތުގަ...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމަށް އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުން މިދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެން ކަމުން މި މަޤާމު ތަކަށް ކުރިމަތިލާން ބޭނުންވާ […]
ސަނިއްޔާ އަބޫބަކުރު
ކ. ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލި މީހަކަށް ދިއްފުށީގައި އަނިޔާ ކޮށްފައިވާތީ ދިއްފުއްޓާ ދެކޮޅަށް ގއ. ވިލިނގިލީގައި އެރަށު ބަޔަކު މުޒާހަރާ ކޮށްފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ […]
ސަނިއްޔާ އަބޫބަކުރު
ދައުލަތުގެ އިސް އެތައް ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަލަމްގީރު އިތުރު 15 ދުވަހަށް ބަންދު ކޮށްފިއެވެ. ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ އަލަމްގީރުގެ ބަންދުުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފައިވަނީ ފުރަތަމަ އިތުރުކުރި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް އަލުން ހާޒިރު ކުރުމުންނެވެ. މާފަންނު ގެސްޓް ހައުސް އަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ […]
ސަނިއްޔާ އަބޫބަކުރު
ހެއްކާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/11) ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިބިލު ތަސްދީޤުކުރެއްވީ މިއަދު އެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ. ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރ...
އިބްރާހިމް އަސްވާޤް
“އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” މިއަދު ރާއްޖޭގެ ބަނޑޮސް މޯލްޑިވްސްގައި ފަށައިފިއެވެ. މި ކޮންފަރެންސްގެ ފެށުމުގެ ގޮތުން މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ކޮންފަރެންސްއަކީ، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވ...
ޔުމްނާ ޢަލީ
ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. މިދިޔަ މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބާއްވަނިކޮށް ހިނގަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމަށް ބުނެ މިދިޔަ މަހު ހައްޔަރުކުރި ފަޒްލޫނާއި ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ވަނީ އިތުރުކޮށްފަ އެވެ. އެންމެފަހުން ފަޒްލޫންގެ ބަންދަށް އިތުރުކުރީ 16 ދުވަހަށެވެ. އަދި ނިޝާންގެ […]
ހުސައިން ހަބީބް
އެއްވެސް މީހަކަށް ވަކިން ޚާއްޞަކޮށް ދީނީ އިލްމުވެރިންނަށް އަނިޔާވެރި ނުވާ ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޢިލްމުވެރިންނަށް ސަރުކާރުން އަނިޔާވެރި ވަމުން ގެންދާ ކަމަށް ބުނެ ފާޑު ކިޔަމުން ގެންދާ ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު ޢިމްރާން ޢަބްދު ވިދާޅުވީ މާތް ﷲ އިރާދަ ކުރެއްވިއްޔާ އެއްވެސް މީހަކަށް، ވަކިން ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ […]
ސަނިއްޔާ އަބޫބަކުރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓަށް އެދޭ އޮންލައިން ޕޯޓަލްއަށް އީ ފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މިކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ވިނަރެސް ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ހުޅުވާލާފައި ވާއިރު ފްލެޓުތައް ލިބޭ މީހުން […]
ސަނިއްޔާ އަބޫބަކުރު