ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ ފާޑު ކިޔުން އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކާއެކު އިމްރާން ގެންދަވަނީ ޓްވީޓާ މެދުވެރިކޮށް އަދާލަތުގެ ޚިދުމަތްތައް ހަނދާންކޮށް ދެއްވަމުންނެވެ. “ބަޔަކު މީހުން […]
އަލީ އާދިލް
މާލެ އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކަށް ޙަމަލާދީ އަދި އެ ހަމަލާ ހުއްޓުވަން ދިޔަ ފުލުހުންމަށް ވެސް ހަމަލާދީފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ އަތޮޅު ރަށެއްގައި ޢުމުރުން ސާދަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް މިއަދު އިރުއޮއްސި 6:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާ ދީ […]
ސަނިއްޔާ އަބޫބަކުރު
47 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ލޯންޗަކީ މާލެއިން ފުރައިގެން އއ.އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިން މި ލޯންޗުގައި 47 މީހުން އެވަގުތު ދަތުރުކުރަމުން ދިޔައެވެ. “އެރުވީނާ އަލޯހާ” ނަމަކަށް ކިޔާ މި ލޯންޗު، އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ގޮސް ދިޔަވާ ކަމުގެ މަޢުލޫމާތު އެމް...
ސަނިއްޔާ އަބޫބަކުރު
އަންގާރަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން މިއަދު ރާއްޖެއިން ފުރާވަޑައިގެންފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސްރީލަންކާގެ އިސް ގިންތީގެ އޮފިޝަލުންނާއި ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ގޮޓާބަޔަ ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ވަޑައިގަންނީ ސިންގަޕޫރަށް ކަމަށް ވެސް އެ އޮފިޝަލުންނާއި ހަވާލާދީ ބުނެފަވެއެވެ. ގޮޓާބަޔަ ސިންގަޕޫރަށް ފޯރާނީ މިރޭ ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފަވެއެވެ. އަދި އެމަނި...
މުޙައްމަދު ވަސީމް
މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަށް އަލީ ޝަކީލް އައްޔަނުކުރައްވައިފި އެވެ. ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމަކީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހުރިއްޔާ އައްޔަނުކުރައްވާ މަގާމެކެވެ. އއ. ފެރިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ ޝަކީލު ނުވަތަ އާންމު ނަމުންނަމަ ފެރިދޫ އަމީރު އެ މަޤާމަށް އައްޔަނު ކުރަށްވާފައި ވަނީ ޢީދު ބަންދުގެ ކުރިންނެވެ. އޭގެ ކުރިން އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ކޯޑިނޭޓަރުގެ މަޤާމުގައެވެ. އެ ފެކ...
ޔުމްނާ ޢަލީ
ވޭތުވެ ދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނަށް ޚިދުމަތް ކުރި ޕާޓީއަކީ ނުވަތަ ޖަމާއަތަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. […]
އަލީ އާދިލް
ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްގެ ބަންދަށް ފަސް ދުވަސް ކޯޓުން އިއްޔެ ޖަހައިފިއެވެ. މި މައްސަލާގައި އަލަމްގީރް ހައްޔަރުކޮށްފައިވަނީ މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އޭނާ ތަހުގީގަށް ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެއެވެ. އަލަމްގީރު ހައްޔަރުކޮށް...
އަލީ އާދިލް
ހައްޖުގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ދެކަނބަލުން މިރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ، މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުގައެވެ. ރައީސްގެ ދަތުރުފުޅުގެ ތެރެއިން ސައޫދީގެ ކޮމާސް މިނިސްޓަރާ ބައްދަލު ކުރައްވައި ދެ ޤައުމުން ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ. މީގެއިތުރުން ރައީސްގެ ދެކަނބަލުން ވަނީ މިއަހަރު ހައްޖ...
ޔުމްނާ ޢަލީ
މަޝްރަޙް ހޫނުވެފައިވާ ސްރީލަންކާއިން ފިއްލަވައިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ރޭ މެންދަމުން އެނބުރިފަހުން ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނާއި ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ވެރިރަށް މާލޭގައި އިހުތިޖާޖު ކޮށްފިއެވެ. ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ޢާންމުން ގޮސް ރިޔާސީ ގަނޑުވަ...
ޔުމްނާ ޢަލީ
ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އެކަން ހިނގާދިޔަ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ. ގޮޓާބަޔަ ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން ސަރުކާރު މިހާތަނަށް އޮތީ ހ...
އަލީ އާދިލް
ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގައި އެމްޑީ އަލަމްގީރް ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވީ އަލަމްގީރް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބަނގުލަދޭސް ރައްޔިތެއްކަމަށްވާ އަލަމްގީރް ހައްޔަރުކޮށްފައިވަނީ މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އެމައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއ...
އަލީ އާދިލް
އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ ސްރީލަންކާގެ މިހާރުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިއެވެ. އެ ދެ ކަނބަލުން ފިއްލަވަން މީގެ ކުރިން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ބައިނަލްއަގްވާމީ މީޑިއާގައި މިޚަބަރުތައް ރިޕޯޓުކޮށްފައިވާގޮތުން ގޮޓާބަޔަ ފުރަތަމަ މަސައްކަތް ކުރެއްވީ ފިއްލަވައިގެން ޔޫއޭއީއަށް ވަ...
ތިލަދުން
ކ. މާފުށީ ބޭރުން ދޯންނެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ކ. މާފުށީ ބޭރުން 2 ނޯޓިކަލް މޭލު އިރުން، ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށެވެ. އެ ސަރަަހައްދުން ދަތުރުކުރާ އޮޑިދޯނިފަހަރާ އެހެނިހެން އުޅަނދުތައް އެކަމަށް ސަމާލުކަން ދިނުމަށާއި، ރޭގަނޑު އެ ސަރަހައް...
ސަނިއްޔާ އަބޫބަކުރު
މާލެއިން ގެއްލިގެން މިއަދު ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ އެކުއްޖާ މިހާރު ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކުއްޖާ ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. “މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ޔުމްނާ ޢަލީ
މިއަހަރުގެ ނިޔަލަށް ރާއްޖޭގޭ އާބާދީ، 579،330 އަށް އާނެކަމަށް އަންދާޒާކޮށްފި އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތްވެސް އަވަސްކޮށްފައިވާކަމަށެވެ. އެމްބީއެސް އިން ބުނީ މިހާރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13-25 އަށް ކަމަށެވެ. ކުރިން ބޯހިމެނުގެ މަސައްކަތް ފަށާ ގޮތަށް އޮތީ ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. އަދި މިހާރު […]
އިބްރާހިމް އަސްވާޤް