މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 738 ވަނަ ޞަފްޙާ

ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް

ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް

މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީ އެ ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފް...

މުޙައްމަދު ވަސީމް
8 ކުޑަކުދިންނާއި އެކު ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން ސިފައިން އެހީވެއްޖެ 

8 ކުޑަކުދިންނާއި އެކު ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން ސިފައިން އެހީވެއްޖެ 

ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުގޮސް އުޅުނު ބަޔަކު، ހާލުގައި ޖެހުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ގދ.ކޮޑެގަލައަށް ދަތުރު ގޮސްތިބީ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން ނެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު އެ އެންމެ...

އަލީ އާދިލް
ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ވިއްކުން މަނާ ކޮށްފި

ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ވިއްކުން މަނާ ކޮށްފި

އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖޭގައި ވިއްކުން މަނާ ކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުންނަންވީ މިންވަރަށްވުރެ އިތުރަށް “ޕެސްޓިސައިޑް ހުރި، އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށާއި އެތަކެތި ނުވިއްކުމަށާއި ބޭނުންނުކުރަމަށް އަންގާ ކަމަށެވެ. މި އުފެއްދުން އެކްޕޯޓް ކޮށްފައިވަނީ އިންޑިޔާގެ ޔޫރޯ ފްރުޓްސް ޕް...

ސަނިއްޔާ އަބޫބަކުރު
އުތުރަށް ރީނދޫ ދެކުނަށް ހުދު ސަމާލު

އުތުރަށް ރީނދޫ ދެކުނަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް ރީނދޫ ސަމާލު އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ހއ. އިން ފެށީގެން ވ. އަތޮޅަށެވެ. މިސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 16:35 އިން މިރޭ 20:45 އަށެވެ. މި ވަގުތުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި […]

އިބްރާހިމް އަސްވާޤް
ވަގަށް ޖަލަށް ވަންނަން އުޅުމުން ހަތަރު މަހަށް ޖަލަށް، ބައި ލައްކައިން ޖޫރިމަނާ

ވަގަށް ޖަލަށް ވަންނަން އުޅުމުން ހަތަރު މަހަށް ޖަލަށް، ބައި ލައްކައިން ޖޫރިމަނާ

މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު މީހަކު ޖަލަށްލައި އަދި ދެވަނަ މީހާ 53،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި ނ. މަނަދޫ ކެރީބިއަން އިބްރާހިމް ޖަޒްލާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ސެފްޓެމްބަރު މަހު ޖަލުގެ ފާރުމަތިން ފުއްމާލައިގެން އެތަނަށް ވަންނަން އުޅުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް […]

ހުސައިން ހަބީބް
ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން ޢަމަލުކުރި މައްސަލަ ކުށްވެރި ކޮށްފި

ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން ޢަމަލުކުރި މައްސަލަ ކުށްވެރި ކޮށްފި

ސްކައުޓް ޔުނީފޯމަށާއި، އެ ހަރާކާތުގެ ގަދަރަށް އުނިކަން އަންނާނެހެން ޢަމަލުކުރި މައްސަލަ ސްކައުޓް އެސޯސިއޭޝަނުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަޟުހާ ޢީދު ފާހަގަ ކުރުމަށް ތ. ކިނބިދޫގައި ހިންގި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށް އެ ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން އަމަލު ކޮށްފައި ވާތީ އެ އެ އެސޯސިއޭޝަނުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ސްކައުޓް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނީ ސްކައުޓް ހަރ...

ސަނިއްޔާ އަބޫބަކުރު
މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް

މުޅި ރާއްޖެއަށް މޫސުމާގުޅޭ އިންޒާރު، ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް […]

ޔުމްނާ ޢަލީ
ހައިކޯޓުގެ އުތުރާއި، ދެކުނު ގޮފި އުވާލާ ބިލު ތަސްދީޤުކޮށްފި

ހައިކޯޓުގެ އުތުރާއި، ދެކުނު ގޮފި އުވާލާ ބިލު ތަސްދީޤުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 36 ވޯޓުންނެވެ. މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން […]

އަލީ އާދިލް
ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި

ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ޞާލިހު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރޭ މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އ...

ސަނިއްޔާ އަބޫބަކުރު
ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަހީމް ގޮވާލައިފި

ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަހީމް ގޮވާލައިފި

ބަނގުރޫޓުވެފައިވާ، ދިވެހިރާއްޖޭގެ އަވަށްޓެރި ޝްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރުގެ ގައުމުތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ. އަވައްޓެރި ލަންކާގެ އިގުތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައްޔާއި، ލަންކާއަށް ހަމެޖެހުން ގ...

ސަނިއްޔާ އަބޫބަކުރު
ޢާއްމު މަޖިލީހުގެ ރައީސް ޝާހިދަށް ގުއާޓަމާލާގެ ހާއްސަ އިއްޒަތް

ޢާއްމު މަޖިލީހުގެ ރައީސް ޝާހިދަށް ގުއާޓަމާލާގެ ހާއްސަ އިއްޒަތް

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދަށް ގުއަޓަމާލާގެ އެންމެ މަތީ އެއް ޝަރަފު އަރުވައިފިއެވެ. ގުއަޓަމާލާއިން ޝާހިދަށް އަރުވާފައިވަނީ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޝަރަފުވެރި ޢިއްޒަތެވެ. 1973 އިން ފެށިގެން ބައިނަލް އަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށް ގުއަޓަމާލާ އިން ދެމުން ގެންދާ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް […]

ސަނިއްޔާ އަބޫބަކުރު
ރައީސް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިންޑިއާގެ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން މުހިންމު ނަތީޖާތަކެއް ނެރުއްވުމަށް މަޝްވަރާ ކުރުމަށް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގެ އިތުރުން...

ސަނިއްޔާ އަބޫބަކުރު
މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ގެނައީ އިންޑިއާއިން

މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ގެނައީ އިންޑިއާއިން

މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖެ ގެނައީ އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި “އެދުރުންގެ ފަންނު، ގޮންޖެހުންތަކާއި ހުށަހެޅުންތައް” ރިޕޯޓުގައި ބުނެފިއެވެ. އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި މި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ރާއްޖެ އަށް ގިނައަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ. މި ރިޕޯރޓް ގައި ވާގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ހަ ހާސް ހަތަ...

ސަނިއްޔާ އަބޫބަކުރު
ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެ

ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެ

ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެއެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބޭއްވި “ރެހެންދި ސޭލް” ގައި ޝަހުވަތްތެރި ނަންތަކެއް ދީފައި ހުރި މެނޫއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ސްކޫލުން ބުނީ، ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށެވެ. އެހެން ކަމުން ރެހެންދި ސްކޫލުން ވަނީ އެކަމަށް މައާފަށް އެދިފައެވެ. ތައުލީމީ […]

ސަނިއްޔާ އަބޫބަކުރު
މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު އުދައަރާފާނެ: މެޓް

މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު އުދައަރާފާނެ: މެޓް

މިއަދުވެސް މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:15 އިން ފެށިގެންނެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 15:00 ހާއިރުއެވެ. […]

ސަނިއްޔާ އަބޫބަކުރު