މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 736 ވަނަ ޞަފްޙާ

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ދުވަހެއްގެ މަތިންނެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއައީ ޖުލައި 20 ވަނަ ދުވަހުއެވެ. އެއީ 157 ޙައްޖުވެރިންނެވެ. މިއަދު އައި ދެވަނަ ގްރޫޕްގައި 175 ޙައްޖުވެރިން އައިސްފައި ވެއެވެ. ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އަންނާނީ އަންނަ ބުދަ ދުވަހުއެވެ. […]

ޔުމްނާ ޢަލީ
ޝެއިޚް ނިޝާން މިނިވަންކުރަންޖެހޭ: ޝަހީމް

ޝެއިޚް ނިޝާން މިނިވަންކުރަންޖެހޭ: ޝަހީމް

ޝެއިޚްް އާދަމް ނިޝާން މިނިވަންކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޝެއިޚްް ނިޝާން ދޫކޮށްލުމަށް ގޮވާލައްވައި، ޑރ.ޝަހީމް ވިދާޅުވީ “ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް.” ކަމަށެވެ. އެހެން ކަމުން އަނިޔާވެރި ޢަމަލަކަށް ޝެއިޚްް ނިޝާން ތާއިދު ކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރެވޭ ކ...

ސަނިއްޔާ އަބޫބަކުރު
މަޖިލިސް ރައީސް، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް

މަޖިލިސް ރައީސް، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ. މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ސީޝެލްސްއަށް ކުރައްވާ މިދަތުރުފުޅަކީ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރާއްޖެ އާއި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަަސައްކަތް...

އަލީ އާދިލް
ޑޮލަރު ގަތުމަށް ކުރި އިއުލާން ބާތިލުކުރި ސަބަބު އާރުޑީސީން ސާފުކޮށްދީފި

ޑޮލަރު ގަތުމަށް ކުރި އިއުލާން ބާތިލުކުރި ސަބަބު އާރުޑީސީން ސާފުކޮށްދީފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ގަތުމަށް ކުރި ޢިއުލާނު ބާތިލުކުރި ސަބަބު އެ ކޯޕަރޭޝަނުން ސާފުކޮށްދީފިއެވެ. އެކަން ސާފުކޮށްދެމުން އެ ކޯޕަރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނަށް އެމެރިކާ ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފަށް، މަޢުލޫމާތު އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އެ އިއުލާން ކުރެވިފައިވަނީ މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން ބޭރު ފައިސާ ވިއްކުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން އެ […]

އަލީ އާދިލް
މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ދިފާއުކޮށް، ސަރުކާރުން ބޮޑު ބަޔާނެއް

މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ދިފާއުކޮށް، ސަރުކާރުން ބޮޑު ބަޔާނެއް

މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ދިފާއުކޮށް، ހެއްކާބެހޭ ޤާނޫނާ ގުޅޭގޮތުން ސަރުކާރުން 632 ބަހުގެ ބޮޑު ބަޔާނެއް ނެރެފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. “ނޫސްވެރިކަމުގެ މިނިވަންކަނ...

އަލީ އާދިލް
8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އިތިއޯޕިއާއިން ރާއްޖެ އައި ދެ މީހެއްގެ އަތުން އަތުން 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، އިތިއޯޕިއާއިން ވައިގެމަގުން ރާއްޖެއައި އިނގިރޭސި ދެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ. މި ދެ މީހުން ރާއްޖެއަށް މިތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ދިރުވާލައިގެންނެވެ. އުމުރުން 41 އަހަރުގެ މި ދެ މީހުންގެ ހަށިގަނޑުން 2.328 ކިލޯގެ މަސްތުވާތަކެތި އަތިލައިގެންފައިވެއެވެ. ކަސްޓަމްސްއިން ވިދާ...

އަލީ އާދިލް
ޝެއިހް ފަޒްލޫން ދޫކޮށްލައިފި

ޝެއިހް ފަޒްލޫން ދޫކޮށްލައިފި

ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގަދިޔަ ކަންތައްތަކާއިގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފި އެވެ. ށ. މިލަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ސެއިޚް މިއަދު ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކުގައެވެ. މި ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި، ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގ...

އަލީ އާދިލް
ރައުދާގެ މަރު އަލުން ތަހުގީގުކުރަން ބަންގްލަދޭޝް ކޯޓަކުން އަންގައިފި

ރައުދާގެ މަރު އަލުން ތަހުގީގުކުރަން ބަންގްލަދޭޝް ކޯޓަކުން އަންގައިފި

ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން އެ ގައުމުގެ ކޯޓަކުން އަންގައިފި އެވެ. ދިވެހި މޮޑެލް، ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ބަންގްލަދޭޝްގެ ރާޖްޝާހީ ކޯޓުން ފުލުހުންނަށް އެންގީ އިއްޔެއެވެ. ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ […]

އަލީ އާދިލް
މި މަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދު

މި މަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދު

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހާއި ގުޅިގެން މި މަހުގެ 27 ވަނަ ދުވަސް ވެސް ވަނީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ […]

ޔުމްނާ ޢަލީ
"ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑާޝިޕެއް އޮވެގެން"

"ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑާޝިޕެއް އޮވެގެން"

ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑަރޝިޕެއް އޮވެގެން ކަމުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ “އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. “މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ” ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ....

ސަނިއްޔާ އަބޫބަކުރު
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާއެއް ކަމަށްވާ “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ” ޤައުމީ ފެންވަރުގައި ތަންފީޛު ކުރުމެވެ. މި ޤާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް...

ސަނިއްޔާ އަބޫބަކުރު
އަމީރުލް ޙައްޖު ރާއްޖެ ވަޑައިގެންފި

އަމީރުލް ޙައްޖު ރާއްޖެ ވަޑައިގެންފި

މި އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ޙައްޖުގެ މަަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިން ވެސް މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. މިގޮތުން މިއަދު ހެނދުނު ވަނީ ޙައްޖަށް ދިޔަ ފުރަތަމަ ގުރޫޕްގައި ހިމެނޭ 157 ޙައްޖުވެރިން ރާއްޖެ އައިސްފައެވެ. ރާއްޖެއިން މިއަހަރު 453 ޙ...

ސަނިއްޔާ އަބޫބަކުރު
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލަން ހައި ކޯޓުން ވެސް ތާއީދު

ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލަން ހައި ކޯޓުން ވެސް ތާއީދު

ޔޯގާ ހަމަނުޖެހުމުގެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. މިދިޔަ މަހު ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ރައްޒާން ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ […]

ހުސައިން ހަބީބް
ޖަރުމަނު ސަފީރަކަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން

ޖަރުމަނު ސަފީރަކަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، ޢާއިޝަތު ޝާން ޝާކިރު ޢައްޔަނު ކުރަށްވައިފިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، އަޙްމަދު ޝިޢާން ވެސް ޢައްޔަނު ކުރަށްވާފައެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް...

ޔުމްނާ ޢަލީ
ފަސޭހަ ކަމާއެކު މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތަށް ލިބޭނެ "މާވެހި ޕޯޓަލް" އިފްތިތާހުކޮށްފި

ފަސޭހަ ކަމާއެކު މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތަށް ލިބޭނެ "މާވެހި ޕޯޓަލް" އިފްތިތާހުކޮށްފި

މާލޭ ސިޓީ ކައުންސިލުން ރައްޔިތުން ހޯދާ ޚިދުމަތްތައް އޮންލައިންކޮށް ހޯދާނެ މަގުފަހިކޮށްދީ، ފަސޭހަކަން ލިބިދުނުމަށް އެކަމަށް ޚާއްސަކޮށްފައިވާ މާވެހި ޕޯޓަލް ރޭ އިފްތިތާޙް ކޮށްފިއެވެ. މި ޕޯޓަލަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ‘މާވެހި’ ކިޔާ ޕޯޓަލް އެކެވެ. މި ޕޯޓަލް އިފުތިތާހުކުރީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މިއަހަރުގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ރޭގެ އިފްތިތާހްކުރ މިި ޕ...

ސަނިއްޔާ އަބޫބަކުރު