މާޒީގައި ވެރިން ތިބީ އުތުރުގެ ރައްޔިތުންނަށް ހުރި ''ހުރިހާ އިގްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން'': ޔާސިރު
ރާއްޖޭގެ މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް ފޮނުއްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޔާސިރު ވިދާޅުވީ، އުތުރުގެ މަސްވެރިކަން ކުރިނާރާ ވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ. އަދި މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ...