އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން: ޢަލީ
އަންހެނުންނަށް ކުރާ އަނިޔާތަކާގުޅޭ ގޮތުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން ވިސްނުން ހާމަކުރައްވަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، މެންބަރު ޢަލީ ޙުސައިން އަކީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ. އޭނާ އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމުން ބައެއް ފަރާތްތަކުން ވަނީ އޭނާގެ ސިޔާސީ ވިސްނުން ބަދަލުވީތޯ ސުވާލު އުފައްދާފ...