އެމްކިޔުއޭ ގަބޫލު ނުކުރާ ސަނަދުތައް އިޝްތިހާރު ކުރާތީ ކަންބޮޑުވުން ފާޅުކޮށްފި
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު ހާމަކުރަމުްނދާތީ އެކަމުގެ ކަންބޮޑުވުން އެ އޮތޯރިޓީން ފާޅުކޮށްފި އެވެ. އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީ އާ ހާވާލުކުރެވިފައި ވާ ގާނޫނީ ޒިއްމާއެއް ކަމަށެވެ. […]