ޗައިނާގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާގުޅޭގޮތުން މަޝްވަރާ ކޮށްފި
ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އާއެކު ބޭއްވވި ބައްދަލު ކުރެއްވުމުގަ އެވެ. މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލު ކުރެއްވުމެކެވެ. ރާއްޖ...