އުސޫލަށް ބައެއް ބަދަލު ގެނެސް ގައުމީ އިނާމަށް ހުޅުވާލަނީ
ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. އެ ކޮމެޓީން ނިންމާފައި ވަނީ މި ބަދަލުތަކާއެކު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނަވަން ނިންމާފައިވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން […]