މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 34 އަހަރުގެ، ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަސަން ރަމީޒުގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި އޭނާ ހޯދިފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުންދާ މި މީހާއާއިގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 ގުޅުއްވައި، އެމައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.