ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމަށް ހާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށް، އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ވަނީ 5 ޖަނަވަރީ 2023 ގައި އެކުލަވާލެވިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ...
މުޙައްމަދު އަފްރާޙް
ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މި ކުރަށްވާ ދަތުރުފުޅަކީ ރާއްޖޭގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ދިވެހި ސަރުކާރުން ރަސްމީގޮތުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއް...
ޔުމްނާ ޢަލީ
އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޏާ ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ، ރާއްޖޭގެ ދިފާއުގައި ވަކާލާތުކުރަން ކެރޭ، ވަކާލާތުކުރަން އެނގޭ އަދި ކިޔަވާ ތަމްރީނު ލިބިފައިވާ ދިވެހިން ކަމަށެވެ. ރާއްޖެއިން ބޭރުގަ ހުންނަ ރާއްޖޭގެ އެމް...
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގައި 4 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ށ. މިލަންދޫ އެ އަތޮޅު ފޯކައިދޫ އަދި ނ. ހޮޅުދޫގަ އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެކެވެ. ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަ...
މުޙައްމަދު އަފްރާޙް
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ. ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑަށް މި އަހަރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 3 ދާއިރާއަކަށެވެ. އެގޮތުން، ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާގައި 4 ބަޔަކަށް ވަނީ ބަހާލާފައެވެ. ލީޑަޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުން، އިޖުތިމާޢީގޮތުން ބާރުވެރިކުރުން އަ...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބެހެއްޓިނަމަވެސް މިއަހަރު އެ އަދަދު 600 އަށް އިތުރުވާނެ ކަމަށެވެ. އެންމެ ބޮޑު އިތުރުވުމެއް، މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮއްޓަށް އަންނައިރު، މިއަހަރު މާލޭގައި 145 […]
މުޙައްމަދު އަފްރާޙް
ރަހުމަތްތެރިއަކު ދިން ފޮށިގަނޑަކުން ޑްރަގް ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު ހައިކޯޓުން ސަލާމަތްވެއްޖެ އެވެ. ވ. ކެޔޮދޫ ޒުވާނަކު ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލީ 2016 ވަނަ އަހަރު އޭނާ އާއި ގއ. ވިލިގިއްޔަށް ނިސްބަތްވާ ރަހުމަތްތެރިއަކާ ދެ މީހުން ޑްރަގް ހުރި ފޮށިގަނޑެއް ހިފައިގެން ގޮސް ބޯޓަކަށް އަރަނިކޮށް އަތުލައިގަތް މައްސަލާގަ އެވެ. ހައްޔަރުކުރި ވަގުތު ފޮށިގަނޑު ހުރީ ރަހުމަތްތެރިޔާ އަތުގަ އެވެ. އެކަމަކު ރަހުމަތްތެރިޔާ ތަހުގީގުގައި ވާހަކަ ދެއްކީ ދެ ގޮތަކަށެވެ. ހައްޔަރުކުރި […]
ހުސައިން ހަބީބް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޓްވިޓަރ ފަދަ މަންސަތަކަށް އަތުވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެ އެވެ. އީސީ އިން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ‘ތިލަދުން’ އިން ކުރި ސަުވާލަަކަށް ޖަވާބު ދެއްވަމުން ނެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ޓްވިޓަރ އެކައުންޓުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނާއި އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، މިއަދު ހެނދުނު މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ވަޒީރު ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސް...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ 8،000 ސޮފްހާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނާ މިއަދު ހަވާލުކޮށްފި އެވެ. މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓް ނުލިބި ލަސްވާތީ އިދިކޮޅު ޕީޕީއެމާއި ވަކީލުން ގެންދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ފުލް ރިޕޯޓް މިއަދު ހަވާލު ކުރިއިރު، […]
ޔުމްނާ ޢަލީ
މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފި އެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ” މަގޭ ވިސްނުން، މަގޭ ވޯޓު” މި ޝިއާރުގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެންމެކަންބޮޑުވާ ކަމަކީ އެ މަސައްކަތްކުރާނެ ރަސްމީ މަރުކަޒެއް ނެތުން ކަމަށް ވެސް އީސީ އިން ވިދާޅުވި އެވެ. “ކުރިން އަޅުގަނޑ...
މުޙައްމަދު އަފްރާޙް
ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފުލުހުން ތަމްރީންކުރާ މަރުކަޒުގައި ހިންގި ފުރަތަމަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއަކަށް ބަދަލުވެ، ފާއިތުވި 18 އަހަރުގެ ތެރޭގައި، މިހާރު މިދެކޭ ފަދަ ބޮޑު ކުރިއެރުމެއް ފުލުހުންގެ ޚިދުމަތަށް އައިސްފައި ނުވާކަން ފާހަގަކުރަ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް، އެއިރެއްގެ ޙާލަތަށް ބަލާއިރު، ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް ކަމަށެވެ. މީގެ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް ހުންނަ ކަމަށެވެ. އެއީ...
ޔުމްނާ ޢަލީ
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ. އެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ “އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި މުބާރާތް އޮންނާނީ އަންނަ ފެބުރުވަރީ 12އިން ފެށިގެންނެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތ...
އިބްރާހިމް އަސްވާޤް