މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 361 ވަނަ ޞަފްޙާ

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި

އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ  ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބ...

ޔުމްނާ ޢަލީ
ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށައިފި

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށައިފި

ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރާކާތެއް މުޅިރާއްޖޭގައި ފަށައިފިއެވެ. މި ހަރަކާތާއި ގުޅިގެން ޕީއެންސީން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ 12 ދާއިރާއެއްގައި މިހާރު އެޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ދާކަމަށެވެ. މި ހަރަަަަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރާކާތެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ. މި ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ޕީއެންސީގެ ދާއިރާތަކުގެ މަޖިލީސް މެމްބ...

ޔުމްނާ ޢަލީ
ޕީއެންސީގެ މެމްބަރޝިޕް އިތުރުކުރުމުގެ މުޅި ރާއްޖޭގައި ހަރަކާތްތަކެއް ފަށައިފި

ޕީއެންސީގެ މެމްބަރޝިޕް އިތުރުކުރުމުގެ މުޅި ރާއްޖޭގައި ހަރަކާތްތަކެއް ފަށައިފި

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަށައިފިއެވެ. މި ހަރަކާތް މިހާރު ކުރިއަށްދަނީ އަތޮޅުތެރޭގެ 12 ދާއިރާއެއްގައި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވިއެވެ. ޒީނާޒް އަދުނާން ވިދާޅުވި ގޮތުގައި މި ހަރަކާތް މިއަދު މާލޭގައިވެސް ފެށިގެން ގޮސްފައިވެއެވެ. މި ކެމްޕޭނުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕީއެންސީއާ ގ...

އަލީ އާދިލް
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް އިންތިޚާބުކޮށްފި

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް އިންތިޚާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިޚާބުކޮށްފިއެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ 91 ފަނޑިޔާރުންގެ ތާއީދާ އެކު، ދަށު ކޯޓުތަކުގެ ތެރެއިން އެ ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރުގެ ގޮތުގައެވެ. މިއަދު ހެނދުނު 10އިން މެންދުރު 12އަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބުގައި، 166 ފަނޑިޔާރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ދިޔައެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރަކު ފިޔަވައި، އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވިއެވެ. މި އިންތިޚާބުގައި ވާދަ...

އަލީ އާދިލް
އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުން "އާ އުސްމިންތަކަކަށް" ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުން "އާ އުސްމިންތަކަކަށް" ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

ރާއްޖެ އާއި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖ...

އަލީ އާދިލް
ގައިދީންނަށް މަނާ ތަކެތި ފޯރުކޮށްދިން 13 ޖަލު އޮފިސަރުންނަށް ދަޢުވާކުރުމަށް ހުށަހަޅައިފި

ގައިދީންނަށް މަނާ ތަކެތި ފޯރުކޮށްދިން 13 ޖަލު އޮފިސަރުންނަށް ދަޢުވާކުރުމަށް ހުށަހަޅައިފި

ކ. މާފުށީ ޖަލުގެ ގައިދީންނަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 13 އޮފިސަރަކަށް ދަޢުވާކުރުމަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި އޮފިސަރުންނަކީ މިއަހަރުގެ ކުރީކޮޅު ޖަލުގައި ހިންގުނު ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ފަރާތްތަކެވެ. ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި 13 އޮފިސަރުންގެ ތެރެއިން 9 މީހުން ހައްޔަރުކުރެވިފައިވަނީ މާފުށިންނެވެ. އަދި ކ...

އަލީ އާދިލް
16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ ޑިއުޓީއަށް 1.1 މިލިއަން ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ހުކުމެއް

16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ ޑިއުޓީއަށް 1.1 މިލިއަން ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ހުކުމެއް

މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު, މީގެ 16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދާތީ އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިން ކްރާފްޓެއްގެ މައްސަލާގަ އެވެ.  2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން […]

ހުސައިން ހަބީބް
އިނގިރޭސިބަހާއި ބަންގާޅު ބަހުން ޚުޠުބާ ތަރުޖަމާކުރަން ފަށައިފި

އިނގިރޭސިބަހާއި ބަންގާޅު ބަހުން ޚުޠުބާ ތަރުޖަމާކުރަން ފަށައިފި

ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާ އިނގިރޭސިބަހާއި ބަންގާޅު ބަހަށް ތަރުޖަމާކުރަން ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ޢާލަމީ ރިސާލަތަކަށް ވުމާއެކު، ޚުޠުބާގައި އަންނަ މުހިންމު މަޢުލޫމާތު ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށްވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މިއަދު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ގެނެސް...

އަލީ އާދިލް
އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް  ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެގޮތުން، ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތ...

އިބްރާހިމް އަސްވާޤް
ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަސް ވެރިފަރާތާއި ހަވާލުކޮށްފި

ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަސް ވެރިފަރާތާއި ހަވާލުކޮށްފި

މާލޭގެ ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަހާއި އޭގައި ހުރި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު 10:50 ހާއިރު މާލޭ މާފަންނުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި މައްސަލައެއްގެ މައުލުމާތު ލިބިފައިވާ ކަމަށެވެ. އެމީހުންގެ ދަބަސް ވަގަށް ނަގާފައި ވަނީ މޫދަށް އެރުމަށް ގަސްތައް ކައިރީ ދަބަސް ބާއްވާފައި އޮއްވައެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އެ ދަބަސް […]

ޔުމްނާ ޢަލީ
މަރުކަޒީ ބޭންކަށް ފަސް އެމްޑީން ހޯދަން ޢިއުލާންކޮށްފި

މަރުކަޒީ ބޭންކަށް ފަސް އެމްޑީން ހޯދަން ޢިއުލާންކޮށްފި

މަރުކަޒީ ބޭން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. އެމްއެމްއޭގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކުރީ މި ހަފުތާގެ ކުރީ ކޮޅެވެ. ފަސް އެމްޑީން ހޯދަން ކުރި ޢިއުލާންގައި އެމްއެމްއޭއިން ބުނީ އެ އެމްޑީންގެ ގޮތުގައި އެ ބޭންކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން...

ޔުމްނާ ޢަލީ
ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން މަޝްރޫޢެއް ފަށަނީ

ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން މަޝްރޫޢެއް ފަށަނީ

ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަޝްރޫޢުއެއް ހިންގަން ދިވެހި ސަރުކާރާއި އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު، ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގ...

ޔުމްނާ ޢަލީ
ދެވަނަ ކުއާޓަރުގައި އާސަންދައިން ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ދެވަނަ ކުއާޓަރުގައި އާސަންދައިން ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އާސަންދަ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކުއާޓަރުގައި ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަަމަށް އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފިއެވެ. އާސަންދައިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި އެ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކްއާޓަރު (1 އޭޕްރިލް 2024 އިން 30 ޖޫން 2024)ގައި ޖުމްލަ 823 މިލިއަން ދިވެހި ރުފިޔާ ވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު […]

ޔުމްނާ ޢަލީ
ފުރަން ގޮސް އެއާޕޯޓުގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފުރަން ގޮސް އެއާޕޯޓުގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެމީހާ އަކީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ގޮސް ހުރި ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެސްޓިކް ޓާމިނަލް ތެރެއިންނެވެ. ރޭގައި ހައްޔަރުކުރި މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. ”އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމްހުރި” ފުލުހުން ބުނެފަވެއެވެ....

ޔުމްނާ ޢަލީ
''އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ހުރިހާ ޤައުމެއްގެ މައްޗަށް ޤާނޫނު ހިންގިގެން''

''އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ހުރިހާ ޤައުމެއްގެ މައްޗަށް ޤާނޫނު ހިންގިގެން''

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ދުނިޔޭގެ އެއްވެސް ޤައުމެއް އިސްތިސްނާކުރުމެއްނެތި ހުރިހާ ޤައުމެއްގެ މައްޗަށް ބައިނަލްއަޤްވާމީޤާނޫނު ހިންގިގެން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައ...

ޔުމްނާ ޢަލީ