އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބިރުވެރި މަންޒަރުތައް ފެނިވަޑައިގަންނަވާކަމަށާއި، އަދި އެއީ އަލް ތާބިއީން ސްކޫލުން ހިމާޔަތް ހޯދަމުން ދިޔަ ބަޔެއްކަމަށްވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށާއި، އެ ހަމަލާތައް ހުއްޓާލުމަށް ޔަހޫދީ އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެއީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނާއި ކަނޑައެޅިގެން ޚިލާފަށް ޢަމަލުތަކެއް ކަމަށެވެ. އަދި އިސްރާއީލު ޖަވާބުދާރީ ކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ފިޔަަވަޅުއަޅަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ. ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާންތަކުގައި ޝަހީދުވި މިހުންގެ އަދަދު 40،000 އާއި ވަނީ ކައިރިކޮށްފައެވެ.