އާސަންދަ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކުއާޓަރުގައި ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަަމަށް އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފިއެވެ.
އާސަންދައިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި އެ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކްއާޓަރު (1 އޭޕްރިލް 2024 އިން 30 ޖޫން 2024)ގައި ޖުމްލަ 823 މިލިއަން ދިވެހި ރުފިޔާ ވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ.
މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.5 ގެ އިތުރުވުމެކެވެ. ފާއިތުވީ އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ޚަރަދުކޮށްފައި ވަނީ ޖުމްލަ 738 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާއިރު، މި އަހަރު އެ ސްކީމުން މި މުއްދަތުގައި 265،059 މީހުންނަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ،
ފާއިތުވީ އަހަރު މި މުއްދަތުގައި ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދަކީ 260،725 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 265،059 އަށް އިތުރުވެފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްދީފަވެއެވެ.
މިއަހަރުގެ ދެވަނަ ކްއާޓަރުގައި މި ސްކީމްގެ ދަށުން ޖުމުލަ 2،807 ބަލިމީހުން ވަނީ ރާއްޖެއިން ބޭރުން ފަރުވާ އަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!