މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 360 ވަނަ ޞަފްޙާ

ސިހުރު ހެދިކަމަށް ބުނާ މައްސަލާގައި ޝަމްނާޒަށް ދައުވާ ނުކުރަން ނިންމައިފި

ސިހުރު ހެދިކަމަށް ބުނާ މައްސަލާގައި ޝަމްނާޒަށް ދައުވާ ނުކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ. ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާ އަދި އިތުރު މީހަކު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އެ މީހުން މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ […]

ހުސައިން ހަބީބް
"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކުރި މައްސަލަ އަލުން ބަލަނީ

"އިސްކުރު މަދު މީހެއް" ކަމަށް ބުނެ ބޭރުކުރި މައްސަލަ އަލުން ބަލަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ “އިސްކުރު މަދު މީހެއް” ކަމަށް ބުނެ އޭނާގެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ގދ. ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބުނު މީހާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް އެރަށު ކޯޓުން ނިންމީ އޭނާއާ ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ “އިސްކުރު މަދު މީހެއް” ކަމަށް ބުނެ އެވެ. އެ މައްސަލަ […]

ހުސައިން ހަބީބް
މޫސުން ގޯސްވެ ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް ހާއްސަ ޓާސްކްފޯހެއް

މޫސުން ގޯސްވެ ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް ހާއްސަ ޓާސްކްފޯހެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަކީ މި ޓާސްކްފޯސް އުފެއްދުމުގެ މައިގަނޑު މަގުސަދެވެ. މި ޓާ...

އިބްރާހިމް ޚަލީލް
މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު

މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި...

އިބްރާހިމް ޚަލީލް
ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި

ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޝާމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ފޮނުއްވި ސިޓީ މިއަދު އޮތް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ އިއްވާފައެވެ. އެއީ ޝަމީމް ޢަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައް...

ޔުމްނާ ޢަލީ
ތެލިސީމިއާ އަށް އެންމެ ބޮޑު އިސްކަމެއް ދިނީ މި ސަރުކާރުން: ސާޖިދާ

ތެލިސީމިއާ އަށް އެންމެ ބޮޑު އިސްކަމެއް ދިނީ މި ސަރުކާރުން: ސާޖިދާ

ރާއްޖޭގެ ތާރީޚުގައި ވެސް ތެލެސީމިޔާއަށް އެންމެ އިސްކަމެއްދީފައި ވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ތެލެސީމިޔާގެ ހި...

ޔުމްނާ ޢަލީ
މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއު ނިމުމުން ފެެންބޮޑުމުގެ މައްސަލައަށް ހައްލު ލިބޭނެ: ރައީސް

މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއު ނިމުމުން ފެެންބޮޑުމުގެ މައްސަލައަށް ހައްލު ލިބޭނެ: ރައީސް

މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާ މަޝްރޫއު ނިމުމުން، މާލޭ އަށް ކުރިމަތިވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލެއަށް ބޯ ކެރިވެހި ބޮޑުބަޔެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކ...

ޔުމްނާ ޢަލީ
އިމިގްރޭޝަން ވޮޗްއަށް 290 މައްސަލަ

އިމިގްރޭޝަން ވޮޗްއަށް 290 މައްސަލަ

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު “އިމިގްރޭޝަން ވޮޗް” އޮންލައިން ޕޯޓަލަށް،  290 މައްސަލަ ހުށަހެޅިފައިވެ އެވެ. ސަރުކާރުގެ ރަސްމީ ވެބްސައިޓް “ސަރުކާރު.އެމްވީ” ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، “އިމިގްރޭޝަން ވޮޗް” އަށް މިހާތަނަށް ހުށަހެޅިފައިވާ 290 މައްސަލައިގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަޙްޤީޤުކުރަމުން ގެންދާ ކަމަ...

އިބްރާހިމް އަސްވާޤް
ޖިހާދުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފި

ޖިހާދުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ […]

ހުސައިން ހަބީބް
ދަނޑިފުޅު ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން

ދަނޑިފުޅު ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ މާހައުލުގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފާނަމަ އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ. ދަނޑިފުޅު ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ކޮނެޑޭ ކައުންސިލުން ބުނީ އެ ރަށުގެ ވެށީގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފައި، އޭގެ ވެއްޓަށް ގެއްލުންދޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް [...

އިބްރާހިމް ޚަލީލް
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާޙްކޮށްފި

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާޙްކޮށްފި

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ. މި ބޯޑު އިފްތިތާހުކޮށްދެއްވުމަށްފަހު މިއަދު ރައީސް އޮފީހުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރުން ވަނީ ބާއްވާފައެވެ. މި ބައްދަލ...

ޔުމްނާ ޢަލީ
ޚާރިޖީ ވަޒީރު ޒަމީރު ބަހުރެއިނަށް

ޚާރިޖީ ވަޒީރު ޒަމީރު ބަހުރެއިނަށް

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރަށްވާ ރަސްމީދަތުރެއްގައި ފުރާވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން ބުނީ ޚާރިޖީ ވަޒީރުގެ މި ދަތުރަކީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ވަޒީރުގެ މި ދަތުރުގައި ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ އިތުރުން އެ ޤައުމުގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރުންތަ...

ޔުމްނާ ޢަލީ
އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މާލޭގައި ހިނގާފައިވާ އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެ މީހުން ފެންނަ ވޯޑިއޯ އާންމުކޮށް ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ދެ މީހުން ކަމަށެވެ. މި މީހުން ހޯދަނީ 2024 މެއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެންނެވެ. ވީޑިއޯ: އެކްސިޑެން...

ޔުމްނާ ޢަލީ
ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމަށް މަހާސިންތާއެއް ބާއްވަނީ

ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމަށް މަހާސިންތާއެއް ބާއްވަނީ

އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައި ވަނީ “ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024” ނަމުގައެވެ. މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި މަހާސިންތާގައި އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމާއި ގުޅުންހުރި ސްކޭޓްހޯލްޑަރުންނާއި، ސިނާއަ...

ޔުމްނާ ޢަލީ
ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރަށްވާފައެވެ. މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ވަކިވަކިން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމ...

ޔުމްނާ ޢަލީ