ސަމާލުވޭ! ޑެންގީ ހުން އިތުރުވަނީ
ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަދިރީގެ ކިބައިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ. ފާއިތުވި އޮކްޓޫބަރު މަހުން ފެށިގެން ޑެންގީގެ 4،400 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވާއިރު، މި ބަލި މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފެތުރިފައެވެ. މި ހާލަތާ ގުޅިގެން، މަދިރި މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނެފަ...