ފުވައްމުލައް ސިޓީ އިން އަންހެނުންނާއި ކުޑަކުއްޖަކާއެކު މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ''ސަވާރީ'' ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 19 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ.

Ad
rt

މިކަމުގެ މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ބުންޏެވެ.

''އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި ކުޑަކުއްޖެއް. އަދި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރުވަނީ ފުވައްމުލަކަށް ގެނެސްފައި.'' ފުލުހުން ބުންޏެވެ.

ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.