ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ފެނުނު ކިނބުލެއް ހިފައިފިއެވެ.
މި ކިނބޫ ފެނިފައި ވަނީ ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން،ނެވެ.
6 ފޫޓު ހުރި މި ކިނބޫ ފެނިގެން ހިފާފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި، އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މޫސުމީ ބަދަލުތަކުގެ ތެރެއިން ދޭތެރެދޭތެރެއިން ރާއްޖެ ސަރަހައްދަށް އަންނަ ކިނބޫ މީގެ ކުރިން ވެސް ކަނޑުމަތިންނާއި ބައެއް ރަށްރަށުގެ ފަޅުތެރެއިން ވެސް ފެނިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!