ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 'އަމާން އުދަރެސް' ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށް ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއުލާނުކުރެއްވި ގޮތުގައި، 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި (މެއިންޓަނަންސްއާ އެކު) 10,500 ރުފިޔާއިން 10,000 ރުފިޔާއަށް ކުޑަކޮށްދެއްވާނެއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއިން 6,000 ރުފިޔާއަށް ކުޑަކޮށްދެއްވާނެއެވެ.

''ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ހަމަ އެއާއިއެއްގޮތައް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް 1 މަހުގެ ކުއްޔަށްވާވަރަށް ކުޑަވެފައި އޮންނާނީ." ރައީސް ވިދާޅުވިއެވެ.

އަމާން އުދަރެސް ފްލެޓް ލިބުނު ފަރާތްތަކާއެކު އެފްޑީސީގެ އެއްބަސްވުންތައް ރިވައިސްކޮށް އައުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ލޯނުތައް ނަގާފައިކަން ފާހަގަކުރަށްވައި، އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަންވެސް ފާހަގަކުރަށްވާފައެވެ.