މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 143 ވަނަ ޞަފްޙާ

ޒުވާނުންގެ ހުނަރު ދައްކާލަން "ލިޓް ފެސްޓް 2025" މި މަހުގެ 25 ގައި ފަށަނީ

ޒުވާނުންގެ ހުނަރު ދައްކާލަން "ލިޓް ފެސްޓް 2025" މި މަހުގެ 25 ގައި ފަށަނީ

ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކޮށް، އެކުދިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ “ލިޓް ފެސްޓް 2025” މި މަހުގެ 25، 26 އަދި 27 ގައި ބޭއްވުމަށް ނިންމައި އެންމެފަހުގެ ތައްޔާރީތައް ކުރިއަށްއެބަދެ އެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ މި ފެސްޓިވަލަކީ 14 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގައި އާޓްސް، ކުކަރީ، ހޭންޑީ ކްރާފްޓް އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ [...

އިބްރާހިމް އަސްވާޤް
ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުން ރެޑް އެލާޓް

ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުން ރެޑް އެލާޓް

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ރެޑް އެލާޓް ނެރެފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 170 ގައެވެ. އެޗްޕީއޭގެ މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. […]

އަލީ އާދިލް
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަނީ، ތިރީ ފްލޯ ޕާކިންގ އަށް ހާއްސަ

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަނީ، ތިރީ ފްލޯ ޕާކިންގ އަށް ހާއްސަ

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގައި ކުރިމަތިވެފައިވާ ޕާކިންގ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން، ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރާނަމަ، އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންގ...

ޔުމްނާ ޢަލީ
ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު

ރ. ދުވާފަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އެ ރަށު ފަޅުތެރޭގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓ...

އަލީ އާދިލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. މި މިސްކިތުގެ ނަމަކީ ”މަސްޖިދުލް އީމާން” އެވެ. ޝަހީމް ވިދާޅުވިގޮތުގައި މި މިސްކިތް ހުޅުވާނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ތިން ފްލޯގެ މި މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ […]

ޔުމްނާ ޢަލީ
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،527.90ރ. އަށް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،527.90ރ. އަށް

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ މިންވަރު 19,527.90 ރުފިޔާއަށް އިތުރުކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި އައު ނިސާބަކީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެން ކަނޑައެޅި މިންވަރެކެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާއެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި މުދަލު ޒަކާތް […]

އަލީ އާދިލް
ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާ، 12،11ގެ ކުދިންގެ ފޯނު ލޮކަރަށް

ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާ، 12،11ގެ ކުދިންގެ ފޯނު ލޮކަރަށް

އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ކިޔަވައިދޭ ވަގުތު ފޯނު ބޭނުންކުރުން މަނާވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިޔުމަކީ ކުރިންވެސް މަނާކަމެއް […]

ޔުމްނާ ޢަލީ
12 ދުވަހުގެ ތެރޭގައި 83 މަސާޖު ޕާލާއެއް ބަންދުކޮށްފި

12 ދުވަހުގެ ތެރޭގައި 83 މަސާޖު ޕާލާއެއް ބަންދުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ޑިސެންބަރު 9 ވަނަ ދުވަހުން ފެށިގެން 21 ޑިސެމްބަރާއި ހަމައަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސާޖު ޕާލާގެ މައްސަލައަކީ މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށާއި، މިކަމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށ...

ޔުމްނާ ޢަލީ
ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ދެބެންގެ ދެމެދުގައި މާރީމާރީ ހިންގައި އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާކަމަށް ފުލުހުން...

ޔުމްނާ ޢަލީ
ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް، ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް، ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. “ދިވެހި ތާނައަކީ ދިވެހ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު، ޓެސްޓްކުރިއިރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް

މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރު، ޓެސްޓްކުރިއިރު މަަސްތުވާތަކެއްޗަށް ޕޮޒިޓިވް

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފުލުހުންގެ ވަޒީފާގެ ޚިދުމަތުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލައާ [...

ޔުމްނާ ޢަލީ
މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނާއި ނޭޕާލްގެ އަންހެނެކެވެ. އެއީ މާލެ، ދަފްތަރު ނަންބަރު ރސ. 10367 ގެ ޙަސަން އ...

އަލީ އާދިލް
ދިވެހި ފޮތް ލިޔުންތެރިންނަށް ފޮތްޗާޕުކުރުމަށް ސަރުކާރުން ހާއްސަ ގޮތްތަކެއް

ދިވެހި ފޮތް ލިޔުންތެރިންނަށް ފޮތްޗާޕުކުރުމަށް ސަރުކާރުން ހާއްސަ ގޮތްތަކެއް

ދިވެހި ބަހުން ފޮތް ލިޔާ ލިޔުންތެރިންނަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ބަހުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، ދިވެހީން ދިވެހީންނަށް ވެފައިވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށެވެ. އެގޮތުން، ދި...

ޔުމްނާ ޢަލީ
''މަސައްކަތް ކުރަނީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް''

''މަސައްކަތް ކުރަނީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް''

ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ބޮޑު މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އަދަބިއްޔާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއ...

ޔުމްނާ ޢަލީ
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު (21 ޑިސެންބަރު 2025)ގެ 10:17 އެހާކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެވެ. އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ކ. އަތޮޅު ކ...

ޔުމްނާ ޢަލީ