ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ނިމި އިނާމު ދިނުމުގެ ޖަލްސާ މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް […]
ޔުމްނާ ޢަލީ
ރާއްޖެ ލާމަރުކަޒީ ވެގެންދާއިރު އަންހެންބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ތަމްރީން ކޭމްޕު ނިންމުމުގެ ގޮތުން ކ. މާފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތޭ، ޚާއް...
ޔުމްނާ ޢަލީ
މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅިވީ ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑ...
ޔުމްނާ ޢަލީ
މި އަހަރު ފާހަގަކުރާ 39 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ހުޅުމާލޭގައި ބާއްވަން ނިންމައިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ ހަފްލާ ހުޅުމާލޭގައި ބޭއްވުމަށް ނިންމީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މި ހަފްލާގައި މިސަރަޙައްދުގައި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމުގެ ގޮތުން ކަމަށެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ނިމުނު އަހަރު...
އަފްރާހް އަބްދުލް ރަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިލަދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމ...
ޔުމްނާ ޢަލީ
މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި 508.88 މިލިއަން ރުފިޔާ ގުރީން ފަންޑަށް ލިބިފައިވާއިރު، އެކި މަޝްރޫއުތަކަށް 165.31 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ތިމާވެށީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ގާއިމްކޮށްފައިވާ ގްރީން ފަންޑަށް މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހު އެ ފަންޑަށް 49.99 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެއީ، ރިސޯޓުތަކުން ލިބުނު 46.25 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.12 މިލިއަން […]
ޔުމްނާ ޢަލީ
ނ މާޅެންދޫ އާއި ނ ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ. މިދެރަށުގެ ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށް ނ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 42,975,350.00 ރުފިޔާއަށް އަދި ނ. ކުޑަފަރި ހަވާލުކޮށްފައިވަނީ 38,245,917.74 ރުފިޔާ އަށެވެ. މިދެރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައް...
އިބްރާހިމް އަސްވާޤް
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ހުޅުވާލި ފުރުސަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، އަދި ވަރަށް ގިނަބަޔަކު މިކަމަށް އިތުރު ފުރުސަތަކަށް އެދެމުންދާތީ، އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު 30 ސެޕްޓެންބަރ 2019 ވާ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފައިވަނީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮ...
އިބްރާހިމް އަސްވާޤް
ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ ދައުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ. މިހާރު ކުރިޔައްދާ 33 ޤައުމީ ޤުރްއާން މުބާރާތުގައި ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ، ދަރިވަރުންގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، ދައުރުކުރަމުންދާކަން މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާާ އެކަން އެހެން ނުކުރުމަށް އެންމެހާފާރާތް ތަކަށް ނަސޭޙަތްތެރިވަމެވެ. އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފަށާފައ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް މި ދެބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް މިއަދު ޢައްޔަން ކުރެއްވި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ...
އަފްރާހް އަބްދުލް ރަޝީދު
2012 ވަނަ އަހަރުގެ ތެރޭގައި ހދ.ހޮނޑައިދޫއިން ހައްޔަރުކުރެވިފައިވަނީ ސަންރައިސް ބަލަންގޮސް ތިއްބައިކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ހޮނޑައިދޫއިން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ، އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ހާމިދު އަބްދުލްޢަފޫރާއި، ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ އާއި އެއިރު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އާއި އަދިވެސް ބައެއް އެހެން މީހުން ހައްޔަރުކުރީ ސަންރައިސް ބަލަން ތިއްބާ ކަމަށް...
ޔުމްނާ ޢަލީ
ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. މިދިޔަ ޖުލައި މަހު ރިޓަޔާމަންޓް ޕެންޝަން ސްކީމަށް 100،022،119.13 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދު ހިއްސާ ކުރަނީ އަމިއްލަ އޮފީސްތަކުން ޖަމާކުރި 58،886،018.50 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ 41،136،100.63 ރުފިޔާ އެވެ. މި އަހަރުގެ ޖޫން މަހު ވެސް ޕެންޝަން ސްކީމަށް 98 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. ޕެންޝަން ފަންޑުގައ...
އިބްރާހިމް އަސްވާޤް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ “މެރީން ރިސަރޗް ސެންޓަރ” ގެ ނަން، “މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް” މި ނަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 29 އޮގަސްޓް 2019 ވަނަ ދުވަހު ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފިއެވެ. މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބެހިފައިވާ ގޮތަކީ ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކ...
ޝިއުނާ އާދަމް
ރައްޔިތުންގެ އުންމީދަކީ މާލޭގެ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަތޮޅު ތެރެއިންވެސް ލިބުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ކަންގަތި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ތައުލީމާއި ސިއްހަތާއި އަދި އިގްތިސާދީ ކަންކަން މާލެއާ އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް އަތޮޅުތަކުން ލިބިގެން ދިއުމަކީ އުންމީދު ކަމަށެވެ. “އެކަމަށް މަގުފަހި ވެގެންދާނީ އެކަން ވެގެންދާނީ ކައުންސިލުތައް ބާރ...
ޝިއުނާ އާދަމް
ބިމާއި ފަޅު އަދި ފަރުތަކުން ކުލީގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭ އާމްދަނީގެ 40 ޕަސެންޓް އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދޭން ފަށާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ކައުންސިލުތަކަށްދޭ “ކަންގަތި” އެވޯޑް ދިނުމަށް ކ ހުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިދާރީގޮތުންނާއި ސިޔާސީގޮތުން ރާއްޖެ ލާމަރުކަޒުކުރެވިފައިވާއިރު، މާލީގޮތުން ރާއްޖެ ލާމަރުކަޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. ކައުންސިލްތަކަ...
އިބްރާހިމް އަސްވާޤް