ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ހުޅުވާލި ފުރުސަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، އަދި ވަރަށް ގިނަބަޔަކު މިކަމަށް އިތުރު ފުރުސަތަކަށް އެދެމުންދާތީ، އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު 30 ސެޕްޓެންބަރ 2019 ވާ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފައިވަނީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެއްކަމަށެވެ. މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އެފަރާތުން ހާމަކުރެއެވެ.

Ad
rt

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ އަށް ހުށަހެޅުއްވުން އެފަރާތުން އެދެއެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ info@bcn.mv އަށް އީމެއިލް ކުރެއްވުން އެދެ އެވެ.