މި އަހަރު ފާހަގަކުރާ 39 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ހުޅުމާލޭގައި ބާއްވަން ނިންމައިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ ހަފްލާ ހުޅުމާލޭގައި ބޭއްވުމަށް ނިންމީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މި ހަފްލާގައި މިސަރަޙައްދުގައި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމުގެ ގޮތުން ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ.
ނިމުނު އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ބާއްވާފައިވަނީ ގއ. ގެމަނަފުށީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!