ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ ދައުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

މިހާރު ކުރިޔައްދާ 33 ޤައުމީ ޤުރްއާން މުބާރާތުގައި ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ، ދަރިވަރުންގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، ދައުރުކުރަމުންދާކަން މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާާ އެކަން އެހެން ނުކުރުމަށް އެންމެހާފާރާތް ތަކަށް ނަސޭޙަތްތެރިވަމެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ ‏މުބާރާތް ފަށާފައިވަނީ 31 އޮގަސްޓް 2019 ވީ ހޮނިހިރުދުވަހު 20:30 ގައި އިސްލާމީ މަރުކަޒު ހޯލުގައައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހޯލުގައެވެ.