ރައްޔިތުންގެ އުންމީދަކީ މާލޭގެ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަތޮޅު ތެރެއިންވެސް ލިބުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ކަންގަތި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ތައުލީމާއި ސިއްހަތާއި އަދި އިގްތިސާދީ ކަންކަން މާލެއާ އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް އަތޮޅުތަކުން ލިބިގެން ދިއުމަކީ އުންމީދު ކަމަށެވެ.

Ad
rt

"އެކަމަށް މަގުފަހި ވެގެންދާނީ އެކަން ވެގެންދާނީ ކައުންސިލުތައް ބާރުވެރި ކުރެވިގެން. ކައުންސިލުތަކަށް ފުރިހަމަ މަގުތައް ފަހިކޮށްދެވިގެން."

މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރަތަމަ ފަށަލަ ފެށިގެން ދަނީ ކައުންސިލަރުންނާ ހަމައިންކަމަށާއި ކައުންސިލަރުން ޒިންމާދާރު ވާން ޖެހޭ ކަމަށެވެ. މައި ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ވަރަކަށް ހިދުމަތް ކުރަން ބޭނުންވި ނަމަވެސް ކައުންސިލުތަކުން ޒިންމާ އަދާ ނުކުރާ ނަމަ ކަންކަން ނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް މިއަންނަ އަހަރުފެށިގެން ދާއިރު ކައުންސިލުތަކަށް ލިބިގެންދާ ބާރުވެރިކަމާއި. ވަކިން ހާއްސަކޮށް މާލީ ފުދުންތެރިކަމަށްޓަކައި މިހާރުއްސުރެ ކުރިއާލާ ތައްޔާރުވުމަށް. އެކަމަށްޓަކައި ޕްލޭންތައް ތައްޔާރުކޮށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން."

މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކަންކަން ކުރިއަށް ގެންދާއިރު މައިސަރުކާރާ ކައުންސިލަރުން ގުޅިގެން ކުރިއަށް ގެންދިއުމަށް އިމްރާން ވަނީ ގޮވާލާފަ އެވެ.