ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ، ޒަޚަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރޭ ފަތިހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބެލިބެލުމުން އެމީހާއަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގާ އެފްކޮންސްގެ މުވައްޒަފެއްކަން އިނގިފައިވާކަމަށް ވ...
ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 6:45 އިން ފެށިގެން 10:45 އާއި ހަމައަށެވެ. […]
ޙުސައިން ޝަހުދީ
އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެގަނެއްޖެއެވެ. ލުބްނާންގެ ދެކުނަކީ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބޮޑު ހަރަކާތްތައް އޮންނަ ސަރަހައްދެވެ. އިސްރާއީލުން ދެކުނު ލުބްނާނަށް ވަދެގަތީ ހިޒުބުﷲ އާއި ދެކޮޅަށް އެއްގަމު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިސްރާއީލުގެ އަސްކަރީއާއިން އިއުލާން ކުރުމަށްފަހުއެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން އިސްރާއީލުން ރޭ ވެސް ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެތަންތަން ދޫކޮށް ދިއުމަށް އ...
ޔުމްނާ ޢަލީ
ތައިލެންޑުގައި ޑޭޓާ ސެންޓަރުތައް އެޅުމަށް ގޫގުލް އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ. މި އިންވެސްޓްމަންޓުގައި ޑޭޓާ ސެންޓަރަކާއި ކްލައުޑް ސަރަޙައްދެއް ހިމެނޭއިރު، 2025 އިން 2029 އާ ދެމެދު އެވްރެޖްކޮށް 14،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން 2029 ވަނަ އަހަރާ ހަމައަށް ތައިލެންޑުގެ ޖީޑީޕީއަށް ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ފެސިލިޓީތައް ޤާއިމުކުރާނީ ބެންކޮކް އަދި ޗޮންބުރީ ސަރަޙައްދުތަކުގައެވެ. އަލްފަބެޓް އަދި […]
އަޙްމަދު ދާއޫދު
ފޭސްބުކާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ ބެލެނިވެރި ކުންފުނި މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މެޓާވާރސް ޓެކްނޮލޮޖީއަށް ކުރި އިންވެސްޓްމަންޓުގެ ސަބަބުން ފުރަތަމަ 100 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް، މިހާރު މާކް ޒަކަބާގުގެ މުއްސަނދިކަން ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ބްލޫމްބާގް ބިލިއަނެއަރުންގެ އިންޑެކްސްގެ މަޢުލޫމާތު ދައްކާގޮތުގައި، މެޓާ ޕްލެޓްފޯމްސްގެ ހިއްސާގެ އަގު އެންމެ މަތީ މިނ...
އަޙްމަދު ދާއޫދު
އިޒްރޭލުން ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި އިތުރު 63 މީހުން މަރުވެ، 92 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ. އާދިއްތަ ދުވަހުން ދިން ހަމަލާތަކުގައި 63 މީހުން ޝަހީދުވެފައިވާޢިރު، އެންމެ ގިނަ މީހުން އެއްދުވަހާ މަރުވި ހަމަލާއަކީ އާދީއްތަ ދުވަހު ދެކުނު ލުބުނާނުގެ ސައިދާ ސަރަޙައްދުގެ އައިން އެޑް ޑެލްބް ރަށަށް ދިން ހަމަލާތައް ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުނ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ” ޑަބްލިއު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި އެ ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށެވެ. މި މުބާރާތް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފެ...
އިބްރާހިމް ޚަލީލް
މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި މިއަދު ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) މޫދުން ނަގައި ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެއެވެ. އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މީގެ ކުރިން ވަނީ މޫދުގައި އޮތް ޖައުފަރުގެ ހ...
ޔުމްނާ ޢަލީ
ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާއި ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް...
ޔުމްނާ ޢަލީ
ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން އެ އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. ހދ.އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އެ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އެ އަތޮޅުގެ ހަނިމާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް...
ޔުމްނާ ޢަލީ
މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ’އެކްސިޑެންޓް އިން މޯލްޑިވްސް’ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހިމަނާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު ވަނީ އެއްގަމަށް އަރުވާފައެވެ. ފުލުހުން ބުނިގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައު...
ޔުމްނާ ޢަލީ
ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރުކުރީ އެމްބަސީތައް ކައިރީގައި މުޒާހަރާކުރާ މައްސަލާގައި ދިވެހި ސަރުކާރަށް އެމްބަސީތަކުގެ ޝަކުވާ ލިބެން ފެށުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ. ޝާދިޔާ ބަންދުކުރި […]
ހުސައިން ހަބީބް
އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، ‘އެމް-ފައިސާ’ގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފިއެވެ. މި ހުއްދަ ދޫކޮށްފައިވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމަށް މަރުކަޒީ ބޭންކުން އިއްޔެއެވެ. ޤައުމީ ޕޭމެންޓް ނިޒާމުގެ ޤާނޫނުގެ ދަށުން، މާލީ ޚިދުމަތް ދިނުމުގެ ލައިސެންސް ދެވޭނީ އެކަމަށް ޚާއްސަ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީކޮށްގެންނެވެ. މިގޮތުން، އެމް-ފައިސާގެ ޚިދުމ...
ޔުމްނާ ޢަލީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް އިތުރު 17.3 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މި ފައިސާއަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާއެވެ. މިފްކޯއިން މިއަދު ބުނެފައިވަނީ މި ފައިސާ ދޫކުރުމާއެކު، މިފްކޯއަށް މަސްކިރުވާފައިވާ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ހަލާސްކުރެވިފައިވާ ކަމަށެވެ. ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ގިނަ އަދ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ. ރައީސް އޮފީހުން ބުނީ، ރައީސް މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ގެއްނަވާފައެވެ. އެ ބަދަލުތަކަކީ، ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރު ކަމަށް ބަދަލުކުރެއްވުން، ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ،...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަން (ފެނަކަ) އަކީ ރާއްޖޭގެ 157 ރަށަށް އަސާސީ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ކުންފުންޏެކެވެ. މުވައްޒަފުންގެ ގޮތުން އެކަނި ބެލިކަމުގައިވިޔަސް ފެނަކައަކީ މުވައްޒަފުން އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރަމުން އަންނަ އެއް މުއައްސަސާއެވެ. އެހެންކަމަށް ވުމާއިއެކު މި މުއައްސަސާގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގެވުމާއި، ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ތައާރަފްވެގެން ދިޔުމަކީ ކުންފުންޏަށް ވެސް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަކެއެވެ. ފެނަކައިގެ...
ތިލަދުން
ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގި އެ ބޭންކުގެ ކުރީގެ މުވައްޒަފަކު 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ ސެޕްޓެމްބަރު، 2012 ގައި އިން ފެށިގެން 2021 އާ ހަމައަށް ބީއެމްއެލްގައި އޭނާ ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި އެ މީހުން ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓްތަކުން […]
ހުސައިން ހަބީބް
ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ. އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ […]
ޔުމްނާ ޢަލީ