މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
’އެކްސިޑެންޓް އިން މޯލްޑިވްސް’ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހިމަނާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު ވަނީ އެއްގަމަށް އަރުވާފައެވެ.
ފުލުހުން ބުނިގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ.
އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 62 އަހަރުގެ، މާލޭ، ހ. ވެލައްސަރުގެ އިބްރާހީމް ޖައުހަރީ (ޖޯރޭ) އެވެ.
ޖައުހަރީ އަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓެކެވެ. ފަހުން އޭނާ ވަނީ ދަ ޑިމޮކްރަޓިކްސް އާއި ގުޅިފައެވެ. އިސްލާހަށް މަސައްކަތްކުރި ޖައުހަރީ އަކީ ނޫސްވެރިމަކުގެ ދާއިރާއިން ފޮޓޯ ގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!