މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި މިއަދު ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) މޫދުން ނަގައި ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެއެވެ.

އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

Ad
rt

މީގެ ކުރިން ވަނީ މޫދުގައި އޮތް ޖައުފަރުގެ ހަށިގަނޑު އެއްގަމަށް އަރުވާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް އާންމުވެފައެވެ. މި ވީޑިއޯތަކުގައި އާންމުންނާއި ފުލުހުން އެކަމުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓްގައި މި ހާދިސާއާއި ގުޅޭ މުޅިން އައު ވީޑިއޯއެއް ވަނީ ހިމަނާފައެވެ. އެ ވީޑިއޯގައި ޔުނިފޯމުގައި ހުރި ފުލުހަކާއި، ޔުނިފޯމުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު ރާޅުގަނޑުގެ ތެރެއިން ވަރަށް މަސައްކަތުން ޖައުހަރީގެ ހަށިގަނޑު އެއްގަމަށް އަރުވާތަން ފެނެއެވެ.

މި ފުލުސް އޮފިސަރާއި، ސްޓެލްކޯގެ މުވައްޒަފުގެ ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނައިރު، އެމްޑީ ފަހުމީ ވަނީ، ޖައުހަރީ އަކީ އެ ކުންފުނީގެ ކުރީގެ މުވައްޒަފެއްކަން ފާހަގަކުރަށްވާފައެވެ. އަދި ޣަރަގުވަުން ދިޔަ ޖައުހަރީގެ ހަށިގަނޑު އެއްގަމަށް އެރުވައި، ސަލާމަތްކުރުމަށް އެންމެ ފަހުވަގުތާއި ޖެހެންދެން ފުލުހަކާއި،ސްޓެލްކޯގެ މުވައްޒު ކުރި މަސައްކަތަށް ތައުރީފް ކުރަށްވާފަވެއެވެ.

ޖައުފަރަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުން ކުރިން ފެނުނު މީހެކެވެ. އޭނާ ވަނީ ފަހުން ވަނީ ދަ ޑިމޮކްރަޓިކްސް އަށް ބަދަލުވެފައެވެ.

ޖައުހަރީ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ފޮޓޯ ގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

އެ ސަރަހައްދުގައި އުޅުނު ބައެއް މީހުންނާއި ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެފައި ވަނީ ޖައުހަރީ އެތަނުގައި މަސްބާނަން ހުއްޓާ ފެނިފައިވާ ކަމަށެވެ.