ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ.
އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ.
މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ ''ލާމު ޒިއަމެން މެރަތަން 2024''ގެ ހާފު މެރަތަން ކެޓަގަރީ ބައިން އެއްވަނަ ހާސިލްކޮށްފައެވެ.
މި މެރަތަންގައި އައިރަނާސް ޓީމުގެ އަހުމަދު ހާމީ 2 ވަނަ ހޯދާފައިވާއިރު، އަހުމަދު އަލީ ވަނީ 3 ވަނަ ހޯދާފައެފެ.
ލާމު މެރަތަން 2024 ގައި ބައިވެރިވެ ރަންވަނަތައް ހާސިލްކޮށް ރަށަށް ރީތި ނަން ހޯދައިދެއްވި ރަށުގެ އައިރަނާސް ޓީމުގެ ބައިވެރިންނަށް މަރުހަބާ! pic.twitter.com/TlYFN7SrI4
— Kulhudhuffushi City Council (@kfcitycouncil) September 29, 2024
ލ. އަތޮޅު ފޮނަދޫގައި ބޭއްވި މި މެރަތަންގެ ވަނަތައް ހޮވާފައި ވަނީ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ވަގުތު ބަލާ ޗިޕް ބޭނުންކޮށްގެން ކަމަށް ލާމު އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
މި މެރަތަން ގެންދިޔައީ ތިން ގްރޫޕަކަށް ބައިވެރިވެވޭގޮތަށް ފުރުސަތު ދީގެންނެވެ. ފުރަތަމަ ގްރޫޕަކީ ލާމު އަތޮޅު ރައްޔިތުންނަށް ޚާއްސަ ގްރޫޕެވެ. ދެވަނަ ގްރޫޕަކީ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ލިބޭނެހެން ދީފައިވާ އޮޕްޝަނެކެވެ. ތިންވަނަ ގްރޫޕަކީ އިންޓަނޭޝަނަލް ދުވުން ތެރިންނަށް ބައިވެރިވެވޭނެހެން ދީފައިވާ އޮޕްޝަން އެކެވެ.
މި މެރަތަންގެ 1 ވަނަ ބައިވެރިޔާ އަށާއި، 21 ކިލޯ މީޓަރު ދުވުމުން 1 ވަނަ އަންހެން އަދި ފިރިހެން ދުވުން ތެރިޔާއަށް ޗައިނާގެ ޒިއަމަން ސިޓީގެ ދެކޮޅު ކަނޑައަޅާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!