އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތުގެ ތެރެއިން ހއ. އުލިގަމުގައި “ސީމަންސް ރެސްޓް އޭރިޔާ” ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އުލިގަމުގައި އިއްޔެ ހުޅުވި “ސީމަންސް ރެސްޓް އޭރިޔާ” އަކީ އުލިގަމުގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ....
ޔުމްނާ ޢަލީ
ވަރުގަދަ ސެންސަރުތަކާއި ދިގު ބެޓެރީ ލައިފާއެކު ހޮނިހިރު ދުވަހު އައުރާ ކުންފުނިން އެންމެ ފަހުގެ ސްމާޓް ރިންގް، އައުރާ ރިންގް 4 ބައެއް ބާޒާރުތަކަށް ނެރެފިއެވެ. މި އައު ސްމާޓް ރިންގްގައި ވަރަށް ގިނަ އައު ސިފަތަކެއް ހިމެނެއެވެ. އައުރާ ރިންގް 4 ގައި ހިމެނޭ މައިގަނޑު ސިފަތަކުގެ ތެރޭގައި އަލުން ޑިޒައިންކޮށްފައިވާ ޓައިޓޭނިއަމް 6 ކުލައެއްގައި ލިބެންހުރުން، އޫރާ އެޕާ ގުޅޭގޮތަށް ހަދާފައިވުން، ބްލޫޓޫތު ލޯ އެނަރޖީ (އެލްއީ) ކަނެކްޓިވިޓީ ސަޕޯޓްކުރުން، 12 ސައިޒެއްގައި ލިބެންހުރުން […]
އަޙްމަދު ދާއޫދު
ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، އެ ޖަމްޢިއްޔާގެ 6 ސަރަޙައްދެއްގައިވެސް ޑެންގީ ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. ޑަބްލިއުއެޗްއޯ އިން އިތުރަށް ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން ކޮ...
އަޙްމަދު ދާއޫދު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން އަމ...
ޔުމްނާ ޢަލީ
ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ އެ ރައްޔިތަކު މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު އިއްޔެ ވަނީ ހއ. އަތޮޅުގެ އެގާރަ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުގެ ތެރެއިން ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުގައި އެރަށް...
ޔުމްނާ ޢަލީ
ޗާގޯސް ޖަޒީރާތަކުގެ ވެރިކަން މޮރީޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައިފިއެވެ. އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގެ ވެރިކަން އިނގިރޭސިވިލާތުން މޮރީޝަސްއަށް ދޫކޮށްލަން ނިންމި ކަން ވަނީ ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި އިޢުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޑިއެގޯ ގާޝިއާ އަތޮޅުވެސް ހިމެނޭގޮތަށް އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރީޝަސްއަށް ދޫކޮށްލާނެއެވެ. ނަމަވެސް ޑިއެގޯ ގާޝިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރަށް އޮޕަރޭޓްކުރުމުގެ ހުއްދަ އިނގިރޭސިވިލާތ...
އަޙްމަދު ދާއޫދު
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ. ސްޓެލްކޯ އިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް އެ...
ޔުމްނާ ޢަލީ
އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ. މި ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިކަން ސިފަކޮށްފައި ވަނީ މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޙީ ދުވަހެއްގެ ގޮތުގައެވެ. ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ “ޖިއަން ޖިއޭ” ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ބަންކަރިން ޚިދުމަތް ދިނުމަށް...
ޔުމްނާ ޢަލީ
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ޢަބްދުލްމަޖީދު މާހިރަކީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން، ޤަދަރުވެރި، ޚިދުމަތްތެރި، ޝަޚްޞިއްޔަތެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވ...
ޔުމްނާ ޢަލީ
ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމިފައިވާކަމަށް ކޮންޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫޢު ނިމުމާއިއެކު، އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމް އިސްވެ، އެ މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމުންދަނީ މި މަޝްރޫޢުގެ އިންސްޕެކްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސ...
ޔުމްނާ ޢަލީ
ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދަމަހައްޓަން ސުލްހަވެރިކަމާއި ދިވެހި ގޮތްތައް ދެމެހެއްޓުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދުގެ މުނާސަބަތުގައި، “އެކްސް” ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ. ހަމައެހެންމެ، ރާއްޖޭގެ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ޕާކިން 15 ޕާކިން ބިލްޑިން އަޅަން، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު އަމީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. މި އެއްބަސްވުމުގައިވާގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ބިލްޑިން ތަކުގެ މަސައްކަތް ނިންމަންޖެހެއެވެ. މި ޕާކިން ބިލްޑިންތަކުގައި ޖުމްލ...
ޔުމްނާ ޢަލީ
ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، މީހުންގެ އަތުން ފައިސާ އަތުލުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެފި އެވެ. ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި ސްކީމްގެ މައްސަލާގައި އަލްހާންގެ އިތުރުން ދައުލަތުން ދ...
ހުސައިން ހަބީބް
ގޫގުލްއިން ޖީމެއިލްގެ ސަމަރީ ކާޑުތަކަށް އިތުރު ފީޗަރތަކެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް މިއަދުން ފެށިގެން ތަޢާރަފުކުރަން ފަށާނެއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާ މި ސަމަރީ ކާޑުތަކުގައި މީގެ ކުރިން ހިމެނެނީ އަންނަ ޕެކޭޖުތަކުގެ މަޢުލޫމާތެވެ. ނަމަވެސް މިހާރު އޭގެ އިތުރުން ގަތް ތަކެތީގެ މަޢުލޫމާތާއި، އިވެންޓުތަކުގެ މަޢުލޫމާތާއި، ބިލުތަކުގެ މަޢުލޫމާތާއި އަދި ދަތުރުފަތުރުގެ މަޢުލޫމާތުވެސް ހިމެނޭނެއެވެ. މީގެ އިތުރުން، “ހެޕެނިންގ ސ...
އަޙްމަދު ދާއޫދު
އެފްރިކާގެ ދަތުރުވެރިންތަކެއް ދަތުުރުކުރަމުންދިޔަ ދެ އުޅަނދު ޖިބުތީގެ އައްސޭރިފަށަށް ފެތުމުގެ ސަބަބުން މަދުވެގެން 45 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް އދ. ގެ މައިގްރޭޝަން އޭޖެންސީ އިން ބުނެފިއެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި މި ދެ އުޅަނދު ޔަމަނުން ފުރައިގެން ދިޔައިރު 310 މީހުން އެ އުޅަނދުތަކުގައި ތިއްބެވެ. ނަމަވެސް ރަތްކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އުޅަނދުތައް ވަނީ ފެތިފައެވެ. “އައިއޯއެމްއިން މިވަ...
އަޙްމަދު ދާއޫދު
މާލޭގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި ރޭ 22:11 ހާއިރު ސައިނާ-މާލެ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑު ތަކުރުފާނު މަގުން ބްރިޖާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާވެގެން އައި.ޖީ.އެމް.އެޗް) އަށް ފަރުވާ ދިނުމަށް ގެން...
ޔުމްނާ ޢަލީ
މާދަމާއިން ފެށިގެން ސިޔާސީ ޕާޓީތަކުން މެންބަރުކަމުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފިއެވެ. އީސީން ކުރި ޢިއުލާނެއްގައި ބުނީ، 3 އޮކްޓޯބަރު 2024 ވަނަ ދުވަހުން ފެށިގެން، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. މިގޮތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި އެ ކޮމިޝަނުގެ އޮންލައިން ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އެދެވޭނެ...
ޔުމްނާ ޢަލީ
އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށް، އޭނާއަކީ ޕަރސޯނާ ނޮން ގްރާޓާ (ރަސްމީކޮށް ނޭދެވޭ މީހެއް) ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާ ގުޓެރެސް ސީދާ ކުށްވެރިނުކުރުމާ ގުޅިގެންނެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ގުޓެރެސް އިޢުލާން […]
އަޙްމަދު ދާއޫދު