ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ " ޑަބްލިއު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި އެ ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށެވެ.

Ad
rt

މި މުބާރާތް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އޮކްޓޯބަރ 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.