ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ލުބްނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ. ހަސަން ނަސްރުﷲ ޝަހީދުކޮށްލިކަން ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ކުރިން ވަނީ ބުނެފައެވެ. ހިޒްބުﷲ އިން ވަނީ އެ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވެއްޖެކަން ކަށަވަރުކޮށްދީފައެވެ. މިކަން ހިނގީ ހުކުރު ދުވަހުގެ ހަވީރު ބެއިރޫތުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އިސްރާއީލުން ދިން ބޮޑު ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި ގިނަ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗު އެއްވަރުވުމާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ސިޓީއަށް ގެއްލުމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. ކުޅުނު 6 މެޗުން 14 ޕޮއިންޓް ހޯދައިގެން ސިޓީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ލިވަޕޫލަށާއި ތިންވަނާގައި އޮތް އެސްޓަން ވިލާއަށް ވަނީ 5 މެޗުން 12 […]
އިބްރާހިމް ޚަލީލް
ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79)ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ޤައުމުން ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައިވާއިރު، މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގައި ވެސް ތަޤުރީރު ކުރެއްވިއެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަޤުރީރަކީ މީގެ 59 އަހަރު ކުރިން، އދގ...
ޔުމްނާ ޢަލީ
ޖީމެއިލް އެޕްގައި ޖެމިނައި މެދުވެރިކޮށް އީމެއިލްތަކަށް އަވަހަށް ޖަވާބު ދެވޭނެ އައު ފީޗަރއެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ. “ކޮންޓެކްސްޗުއަލް ސްމާޓް ރިޕްލައިސް” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ފީޗަރއިން، އީމެއިލްތަކަށް ތަފްސީލީ ޖަވާބު ދިނުމަށް މަގުފަހިކޮށްދޭނެއެވެ. މި ފީޗަރގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އީމެއިލްގެ މަޢުލޫމާތު ދެނެގަނެ، އެއާ ގުޅޭ ޖަވާބެއް އުފައްދައިދޭނެއެވެ. 2017 ވަނަ އަހަރު ތަޢާރަފުކުރި ކުރު ޖަވާބުތަކުގެ ބަދަލުގައި، މި އައު ފީޗަރއިން ދިގު އަދި ތަފްސީލީ...
އަޙްމަދު ދާއޫދު
ސަރުކާރުހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ. އެޕާޓީން ކުރިން މި އިންތިޚާބު ބާއްވާގޮތަށް ނިންމާފައި އޮތީ މި ފެށޭ އޮކްޓޫބަރު މަހުގެ 19 ގައެވެ. ޕީއެންސީން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. މި އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމާއެކު، […]
ޔުމްނާ ޢަލީ
ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރެއްވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ޒިޔާރަތުގައި ގޫގުލް އޮފީސް ބައްލަވ...
ޔުމްނާ ޢަލީ
ޓްރޮޕިކަލް ސްޓޯމް ހެލީން ވަނީ އެމެރިކާގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިހާތަނަށް މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މިއީ އެމެރިކާއަށް އެރި އެންމެ ވަރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާން ގޮތުގައި ބެލެވެއެވެ. ހުކުރު ދުވަހުގެ ރޭ 11:10 ގައި ފްލޮރިޑާގެ ބިގް ބެންޑް ސަރަހައްދަށް ކެޓަގަރީ 4 ހަރިކޭނެއްގެ ގޮތުގައި އެރި ހެލީން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ތެރޭގައި ބަނދަރުތަކުގައި ހުރި އުޅަނދުފަހަރު ހަލާކުވެ، […]
އަޙްމަދު ދާއޫދު
ލުބުނާނަށް ރޭދިން ހަމަލާތަކުގެ އަމާޒަކީ ލީޑަރު ޙިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲ ކަމުގައި އިޒްރޭލުން ބުނެފިއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލާތަކުގައި ނަޞްރުﷲ އަވަހާރަވީކަމަށްވެސް ބެލެވެއެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބޮޑެތި ގޮވުންތަކެއް ގޮވާފައިވާއިރު، އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވާ ގޮތުގައި މިއީ ހިޒްބުﷲގެ މައި މަރުކަޒަށް ދިން ހަމަލާއެކެވެ. އިސްރާއީލުގެ އޮފިޝަލެއް ސީއެންއެންއަށް ބުނެފައިވާ ގޮތުގައި މި ހަމަލާގެ ޓާގެޓަކީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުއްލާއ...
އަޙްމަދު ދާއޫދު
އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެތަނުގައި ތިބި ރާއްޖޭގެ ވަފުދު އެ ސެޝަން ދޫކޮށް އެތަނުން ނުކުމެއްޖެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ. ރާއްޖޭގެ ވަފުދު އެ މަލާމުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒ...
ޔުމްނާ ޢަލީ
އިމާދުއްދީން ސްކޫލްގެ ސްކައުޓުން އިސްނަގައިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫކުރާ ސަރަހައްދުތަކުގައި ފެން އިސްރާފު ނުކުރުމަށް އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އިމާދުއްދީންގެ ސްކައުޓުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކައުންސިލާއި ގުޅިގެން ކަމަށެވެ. އިމާދުއްދީން ސްކޫލްގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާހްކޮށްދެއްވީ، މޭޔަރު އާދަމް އާޒިމް އެވެ. މި ރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ...
ޔުމްނާ ޢަލީ
ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ބީސީސީ އިން މި ވަނީ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި ދަފްތަރުވުމަށް ހުޅު...
އިބްރާހިމް ޚަލީލް
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ސަޚްސު އޮޅުވާލައިގެން ތިން ބިދޭސީއަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށެވެ. މި މީހުންނަކީ ވެލާނާ އެއާޕޯޓުން ވައިގެ މަގުން ރާއްޖެ އައިސް އެތެރެވާން އުޅުނު ބަޔެކެވެ. އިމިގްރޭޝަނުން އެމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. ނަމަވެސް އެމީހުން ހުއްޓުވި ދުވަހާއި އުމުރު ވަނީ ހާމަކޮށްފައެވެ. އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީން މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ އެކިފަހަރުމަތިނ...
ޔުމްނާ ޢަލީ
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) 2024ގައި ވެސް ރާއްޖެ މާކެޓް ކުރުމަށް އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ޑަބްލިޔުޓީއެމް އިންތިޒާމުކުރާ ފަރާތްކަމުގައިވާ އާރްއެކްސް ގްލޯބަލްއާއެކު އެއްބަސްވުން އައުކޮށްފިއެވެ. މާޓާޓޯ އިން ވަނީ ޑަބްލިޔުޓީއެމް އިންތިޒާމުކުރާ ފަރާތްކަމުގައިވާ އާރްއެކްސް ގްލޯބަލްއާއެކު ކުރިއަށް އޮތް ޑަބްލިޔުޓީއެމް ލަންޑަން 2024 އަށް، ރަސްމީކޮށް ބައިވެރިވ...
ޙުސައިން ޝަހުދީ
ވަޓްސްއެޕްގެ ވީޑިއޯ ކޯލްގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އޭއާރު ފީޗާއެއް އިތުރުކޮށްފިއެވެ. ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް ވާބެޓާއިންފޯގެ މައުލޫމާތު ދޭގޮތުގައި މި އައު އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ފީޗަރ ވަނީ އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓްގައި ހިމަނާފައެވެ. މި ފީޗަރގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އައު ވިޝުއަލް ޓޫލްތަކެއް މެދުވެރިކޮށް އެމީހުންގެ އިންޓަރެކްޝަންތައް އަމިއްލައަށް ބަދަލުކުރެވޭނެއެވެ. ކުރިން މި އިފެކްޓްތައް ލިބެންހުރީ ހަމައެކަނި ވީޑިއޯ ކޯލްތަކުގައި...
އަޙްމަދު ދާއޫދު
ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ. ކޮޕީފަތް ހައްދާ މީހުން އެންމެ ބޭނުންވަނީ ފަތްތައް ބޮޑުކުރުމަށެވެ. މި އޮތީ ކޮޕީ ފަތްތައް ބޮޑުކުރާނޭ ގޮތްތަކެވެ. 1. މޮނޯސޯޑިއަމް ގްލޫޓަމޭޓް (އަޖިނަމޮޓޯ) ދިނުން ޑރ. ޙަސަން ޙަމީދުގެ ލިޔުއްވުމެއްގައި ޢަބުދުއްރަޙީމް ކިޔާ ބޭފުޅަކު ކޮޕީފަތް ހެއްދުމުގައި އަޖިނަމޮޓޯ ބޭނުންކުރާ ވާހަކަ ގެނެސްދެއްވާފައި އޮވެއެވެ. އަދި ކޮޕީފަތް އަޖިނަމޮޓ...
ހުބާ ޕްލާންޓްސް
އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއްޔެ ހޮވައިފިއެވެ. މި ނަސީބުވެރިޔާއަށް ސައިކަލް އިއްޔެ ހަވާލުކޮށްފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އިން މި ޕްރޮމޯޝަން ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަނަކީ މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އުރީދޫއިން ކުރިއަށްދާ މި ޕްރޮމޯޝަނެކެވެ. Congratulations to the first winner of […]
ޔުމްނާ ޢަލީ
ޕާކިސްތާނުގައި ފާއިތުވި ދުވަސްތަކުގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަނުން 700,000 ޔޫރޯ ދޭން ނިންމައިފިއެވެ. ޔޫރަޕިއަން ޔޫނިއަނުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ފައިސާއިން އެހީތެރިކަން ފޯރުކޮށްދެވޭނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރެއިން ބަލޮޗިސްތާން، ޚައިބަރު ޕަޚްތުންޚުވާ، ޕަންޖާބު އަދި ސިންދު ޕްރޮވިންސްތަކުގައި ތިބި އެންމެ ނިކަމެތި ރައްޔިތުންނަށެވެ. ޕާކި...
އަޙްމަދު ދާއޫދު
ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ “ޑީންސް ލީޑަރޝިޕް ސީރީސް”ގައި ދެއްވި ތަޤުރީރުގައެވެ. އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަ...
ޔުމްނާ ޢަލީ