އެންމެ ފަހުގެ ލިޔުންތައް
އެންމެ ފަހުގެ ލިޔުންތައް - 2163 ވަނަ ޞަފްޙާ
ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް
ތަރައްގީއަކީ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔ...
ކޮޗިން ދަތުރު: މާލެއިން 150 ޑޮލަރަށް، ހަނިމާދޫއިން 199 ޑޮލަރަށް، ކީއްވެ؟
އިންޑިއާގެ ކޮޗިންއަށް އަންނަ މަހު ގައުމީ އެއާރލައިން، މޯލްޑިވިއަންއިން ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. އެ ދަތުރުގެ އަގުތައް ވެސް ހާމަކޮށްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކޮޗިންއަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކޮޗިންއަށް ފްލައިޓްތައް ބާއްވާނެ އެވެ. މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި ވެލާނާ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ޑޮލަރު (2,313 ރުފިޔާ) އަށެވެ. ތިލަދުންމަތީގެ ހަނިމާދޫ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވި...
އިންޑިއާ އިން ހަނދަށް ދާން ކުރި މަސައްކަތަށް ރައީސް މަރުހަބާ ދަންނަވައިފި
އިންޑިއާ އިން ހަނދަށް ދާން ކުރި މަސަތްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ. އިންޑިއާގައި އުފައްދާފައިވާ އެޤައުމުގެ ޖައްވީ އުޅަނދު، “ޗަންދްރަޔާން-2” ހަނދުގައި ޖައްސަން ކުޑަ ވަގުތު ކޮޅަކަަށް ވެފައި ވަނިކޮށް އުޅަނދާއި ގުޅުން ކެނޑި އެގައުމުން ހަނދަށް ދިއުމަށް ކުރަމުން އައި މަސަތްކަތް ރޭ މަރުހަބާ ދަންނަވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ދިޔަ ނަމަވެސް ހަނދުގައި ޖައްވީ އުޅަނދެއް ޖެއްސުމަކީ އާދައިގެ ކަމެއް ނ...
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި އެވެ. ހއ. ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފަށާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ. މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ. ކައުންސިލްގެ މިނިންމުމާއި މަސައްކަތައް ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމ...
ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ
ހދ. ނެއްލައިދޫ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ނެއްލައިދޫއާއިއެކު ނ. ކުޑަފަރިއާއި ގދ. ތިނަދޫގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ...
ރާއްޖެތެރޭ ރައްޔިތުން ޖީބު ހުސްކޮށްލާފައި އެއަރޕޯޓަށް - ސަރުކާރުން ސަމާލުކަން ދޭން ޖެހޭ މައްސަލައެއް
“ރާއްޖެތެރޭ މީހާ އަސާސީ ޚިދުމަތް ލިބިގަންނަން ބޮޑު އަގުގަ ލޯންޗު ހިފައިގެން ދަތުރުކުރަން ޖެހުނު އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަންބޮޑުވާ ޤައުމީ މައްސަލައަކަށް ނުވިއެވެ.” ޓްވިޓަރގައި ޚިޔާލު ފާޅުކޮށް، މީހަކު ބުނެފައިވެއެވެ. އެންމެ ފުރަތަމަ ކިޔާލުމުން، މިއީ ކޮން ކަމެއްކަން ފަހުމުވެސް ނުވެދާނެއެވެ. ބޮޑު މައްސަލައެއްކަމަށް ވިސްނިވެސް ނުދާނެއެވެ. އެހެންނަމަވެސް، ބުނަން ހެއްޔެވެ؟ މިއީ އަތޮޅުތެރޭގެ ގިނަ ރައްޔިތުން އުފުލަމުންދާ ވޭނުގެ ވާހަކައެވެ. އެހެންކަމުން، ވަށާ ނުދުވެ، މިއީ ކޮން ވާހަކައެއްކަން ސާފުކޮށ...
ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި 2 އަހަރު ތެރޭ ޑެލިވަރ ކުރާނަން: އަލީ ވަހީދު
ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި 2 އަހަރު ތެރޭ ޑެލިވަރ ކުރާނެކަމަށް ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޓޫރިޒަމް ކޮންފަރެންސްގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން 5 އަހަރުގެ ތެރޭގައި ކުރުމަށް ވައުދުވި މައިގަނ...
އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދަންޏާ ރަޝިޔާ އިންވެސް އުފައްދާނަން - ޕޫޓިން
އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދާކަމުގައިވާނަމަ، ރަޝިޔާ އިންވެސް މަޑުން ނޯންނާނެކަމަށާއި އަދި ރަޝިޔާ އިންވެސް އެފަދަ މިސައިލް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް ހާމަކޮށްފިއެވެ. ރަޝިޔާގެ ފަރާތުން އެޤައުމުގެ ރައީސް ވްލެޑްމިޔާ ޕޫޓިން މިހެން ވިދާޅުވީ، އިޤުތިޞާދީ ފޯރަމެއްގެ ތެރެއިންނެވެ. މީގެކުރިން އުފެއްދުން ހުއްޓާލަން ނިންމާފައިވާ ބާވަތެއްގެ މިސައިލް އެމެރިކާ އިން އުފައްދައިފިނަމަ ރަޝިޔާ އިންވެސް އެކަން ކުރާނެކަމަށް ޕޫޓިން ވިދާޅުވީ، އެފަދަ ބައެއް މިސައިލް އޭޝިޔާގައި ހިންގަމުން އަންނަ އެމެ...
ރައީސް ޞާލިޙު، އދ. ގައި ތަގުރީރު ކުރައްވަނީ
މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ.ގެ އާއްމު މަޖިލީހުގައ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަގުރީރު ކުރައްވަން ނިންމަވައިފިއެވެ. އދ.ގެ މެމްބަރުގެ ޤައުމުތަކުން ކޮންމެ އަހަރަކުވެސް ބައްދަލުވެ، އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް މަޝްވަރާކުރުމަށް ބާއްވާ މި މަޖިލިސް ކުރިއަށް ގެންދަނީ ނިއު ޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓަސްގައެވެ. ހަ އަހަރު ދުވަސްފަހުން ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް އަބ...
ރާއްޖޭގައި ހަރުކަށި ފިކުރު އެބަ އޮތް، އެކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ: ޝިފާއު
ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި އަދި ހަމައެއާ އެކުގައި ރާއްޖެ ސަލާމަތް ކުރަން ވަރަށް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެއާ އެކުގައި ރާއްޖެ ސަލާމަތް ކުރަން ވަރަށް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ. […]
ދުނިޔޭގެ ރެކޯޑް މުގުރާލާ "ފްރީ ޑައިވް" ހަރަކާތް، އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދަނީ
މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ “ފްރީ ޑައިވް” ހަރަކާތް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މިނިސްޓްރީއިން ފުރަތަމަ ކުރި އިޢުލާނަށް ޝަރުތުހަމަވާ ތިން ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކުރި އިޢުލާނެކެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވ...
ގައުމީ ގުރުއާން މުބާރާތް ނިމިއްޖެ، ނަތީޖާ ފާޅުކުރުން މިރޭ
ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ނިމި އިނާމު ދިނުމުގެ ޖަލްސާ މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް […]
ދިރާގު ޔޫތު ލީގް 2019: ސޮކަރމޭޓްސް މޮޅުވިއިރު އާލީ ޓަޗް އަދި ހުޅުމާލެ ސްޕޯޓްސް ސްކޫލް އެއްވަރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ދިރާގު ޔޫތްލީގު 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި އާލީ ޓަޗް ފުޓްބޯލް އެކަޑެމީއެވެ. މިމެޗް ނިމުނީ 2-2 އެއްވަރު ވެގެންނެވެ. އާލީ ޓަޗް ފުޓްބޯލް އެކެޑަމީ ކުޅުނު ހަތަރު މެޗްގެ ތެރެއިން ކާމިޔާބްކުރެވުނީ ހުޅުމާލޭ ސްޕޯޓްސް އެކެޑެމީއާއި ބައްދަލުކުރި މެޗްއިންނެވެ. ހުޅުމާލެ ސްޕޯޓްސް ސްކުލް ވަނީ ކުޅުނު ހަތަރު މެޗްގެ […]
އިންޑީޔާއިން ހަނދަށް ފޮނުވި "ވިކްރަމް" އާއި ގުޅުން ކެނޑި، މިޝަން ނާކާމިޔާބު
ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު “ވިކްރަމަ” އާއި ގުޅުން ކެނޑި، މިޝަން ނާކާމިޔާބު ވެއްޖެއެވެ. އިންޑިއާގެ ޖައްވީ އުޅަނދު ޖައްސަން ހަމަޖެހިފައި އޮތީ ހަނދުގެ ދެކުނު ފަޅީގައެވެ. މިއީ މީގެ ކުރިން ހަނދުގައި ޖެއްސި އުޅަނދުތައް ތިރިކޮށްފައިވާ ސަރަޙައްދެއް ނޫންކަން ފާހަގަކޮށްލެވެ އެވެ. “މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 […...
މެޔަށް ބަޑިޖަހައި ފަލަސްތީން 2 ކުއްޖަކު ޝަހީދުކޮށްލައިފި
މެޔަށް ބަޑިޖަހައި ފަލަސްތީން ދެ ކުއްޖަކު ޝަހީދުކޮށްލައިފި އެވެ. ދެ ކުދިން ވެސް ޝަހީދު ކޮށްލާފައިވަނީ މެޔަށް އަމާޒުކޮށް ދިން ސްނައިޕަރު ބަޑީގެ ހަމަލާއެއްގައި ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ. އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން 76 މީހަކު ވަނީ ޒަހަމް ވެފައި ކަމަށާއި އޭގެ ތެރެއިން 46 މީހުންނަކީ ސީދާ އަމާޒުކޮށް ދިން ހަމަލާތަކުގައި ޒަހަމްވި މީހުންކަމަށް ޣައްޒާގައި ހުންނަ ފަލަސްތީންގެ ހެލްތު […]
ހަނިމާދޫގައި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަންނަ އޮކްޓޯބަރ މަހު ފުރަތަމަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންސްޓިޓުޓް އޮފް ސްޕޯޓްސްއިން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމަށް ޝައިގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ އާއި ކޯހުގައި ބައިވެރިވާން ބޭނުންވާ ފ...
ސްޕެއިން އަދި އިޓަލީ ފަސްބެލުމެއްނެތި ކުރިއަށް
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗްތަކުން ސްޕެއިން އަދި އިޓަލީވެސް މޮޅުވެއްޖެއެވެ. ރުމޭނިއާ އާއި ވާދަކޮށް ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ޕަކޯއެވެ. ސާޖިއޯ ރާމޯސްގެ ގޯލަކީ ސްޕެއިންގެ ޑެނީ ސަބާޔޯސް އަށްކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ކާމިޔާބްކޮށްދިން ގޯލެކެވެ. މިއީ ޔޫރޯ ކޮލިފިކޭޝަންގައި ސާޖިއޯރާމޮސް ކުޅުނު ފަސްމެޗްގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޮމޭނިއާގެ ހަމައެކަނި ގޯލް މެޗްގެ 59 […]