ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ދިރާގު ޔޫތްލީގު 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ.
ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި އާލީ ޓަޗް ފުޓްބޯލް އެކަޑެމީއެވެ. މިމެޗް ނިމުނީ 2-2 އެއްވަރު ވެގެންނެވެ. އާލީ ޓަޗް ފުޓްބޯލް އެކެޑަމީ ކުޅުނު ހަތަރު މެޗްގެ ތެރެއިން ކާމިޔާބްކުރެވުނީ ހުޅުމާލޭ ސްޕޯޓްސް އެކެޑެމީއާއި ބައްދަލުކުރި މެޗްއިންނެވެ. ހުޅުމާލެ ސްޕޯޓްސް ސްކުލް ވަނީ ކުޅުނު ހަތަރު މެޗްގެ ތެރެއިން 3 މެޗް ކާމިޔާބުކޮށްފައެވެ.
ރޭގެ ދެވަނަ މެޗްގައި ބީޖީ ސްޕޯޓްސް ގެ މައްޗަށް މޯލްޑިވްސް ސޮކަމޭޓްސްއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް މޯލްޑިވްސް ސޮކަމޭޓްސް ވަނީ ކާމިޔާބްކޮށްފައެވެ. މޯލްޑިވްސް ސޮކަމޭޓްސް ބަލިވެފައި ވަނީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި ދެކޮޅައް ކުޅުނު މެޗުން އެކަންޏެވެ. އެމެޗުން މޯލްޑިވްސް ސޮކަމޭޓްސް ބަލިވީ 3-1 ގެ ނަތީޖާ އަކުންނެވެ. ބީޖީ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ދެ މެޗްއިން މޮަޅުވެ ދެ މެޗްއިން ބަލިވެފައެވެ. ބީޖީ ބަލިވެފައިވަނީ ހުޅުމާލޭ ސްޕޯޓްސް ސްކޫލްއާއި ދެކޮޅަށް ކުޅުނު މެޗާއި މިރޭ ކުޅުނު މެޗްއިންނެވެ.
ދިރާގު ޔޫތްލީގު 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 9 ޓީމް ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!