އިންޑިއާ އިން ހަނދަށް ދާން ކުރި މަސަތްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
އިންޑިއާގައި އުފައްދާފައިވާ އެޤައުމުގެ ޖައްވީ އުޅަނދު، "ޗަންދްރަޔާން-2" ހަނދުގައި ޖައްސަން ކުޑަ ވަގުތު ކޮޅަކަަށް ވެފައި ވަނިކޮށް އުޅަނދާއި ގުޅުން ކެނޑި އެގައުމުން ހަނދަށް ދިއުމަށް ކުރަމުން އައި މަސަތްކަތް ރޭ މަރުހަބާ ދަންނަވައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ދިޔަ ނަމަވެސް ހަނދުގައި ޖައްވީ އުޅަނދެއް ޖެއްސުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާ އެ ގައުމުގެ ރައީސް ނަރެންދުރަ މޯދީ ކުރި މަސައްކަތަށް ސާބަސް ރައްދުކުރާ ކަމަށެވެ. އަދި އިންޑިއާއިން ސައިންސްގެ ރޮނގުން ކުރަމުންދާ މަސައްކަތް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މިޖައްވީ އުޅަނދުގެ މަސައްކަތަކަށް ވެފައިވަނީ ހަނދުގައި ފެނާއި އައިސް އަދި މައުދަން ހުރިތޯ ބެލުމެވެ. ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ.
ބޮޑު އުއްމީދާއެކު އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނުއިރު، އުޅަނދު ހަނދުގައި ޖައްސާ މަންޒަރު ލައިވްކޮށް ބެއްލެވުމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވެސް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ވަޑައިގެން އިންނެވިއެވެ. އަދި ހަނދަށް ދިއުމުގެ މިޝަން އާއި ގުޅޭގޮތުން ރޭ އިސްރޯ އިން ބެންގަލޫރުގައި ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ވެސް ވަނީ ކެންސަލް ކޮށްލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!