ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި އެވެ.

ހއ. ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފަށާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ. މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ. ކައުންސިލްގެ މިނިންމުމާއި މަސައްކަތައް ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމް ވަނީ ސާބަސް ދަންނަވާފައެވެ.

Ad
rt

ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި މެމްބަރު ސަލީމް ވިދާޅުވީ ހޯރަފުއްޓަކީ ދަރިންނަށް ތައުލީމު ދިނުމަށާއި، ދަރިންނަށް އުނގަންނައި ދިނުމަށާއި، ދަރިން މީހުންނަށް ހެދުމަށް ވަރަށް މަސައްކަތް ކުރި އަދި މިހާރު ވެސް މަސައްކަތް ކުރަމުންދާ މައިންބަފައިން އެކުލެވޭ ރަށެއް ކަމަށެވެ. އަދި އެލިބުނު ތައުލީމާއި، ލިބެމުންދާ ތައުލީމުގެ ތެރެއިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޝަރަފުވެރިކޮށްދެއްވި މިވޯކްޝޮޕްގައި އެކިއެކި ރޮނގުތަކުން ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންގެ އިތުރުން އެރަށަށް ނިސްބަތްވާ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި މިފަދަ ވާރކްޝޮޕް ހޯރަފުށީގައިވެސް އޮންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހޯރަފުއްޓަށް އެކަށީގެންވާ ސްޕެޝަލް ޕްލޭނެއް ތައްޔާރުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ރަށުގެ ޗާޓް ސަރވޭ ކުރުމުގެ މަސައްކަތް ނިމިނިފައިވާ ކަމަށް ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ވޯޓަރ ސޮލިއުޝަން ކުންފުނީގެ ކޮންސަލްޓަންޓް ވިދާޅުވެފައި ވެއެވެ.