ހޯރަފުށި ދާއިރާގައި ގެދޮރުގެ އިމާރާތް ކުރުމަށް ރޭވެމުންދާ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް އެދި ހައުސިން މިނިސްޓަރު އާތިފާ އަލީގެ އަރިހުގައި ދަންނަވައިފިއެވެ. މިއަދު ހައުސިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްއާއި ހޯރަފުށީ ކައުންސިލުން ބައިވެރިވެފައިވެއެވެ. ހޯރަފުށި ދާއިރަގެ މެމްބަރު އަހުމަދު ސަލީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގައި ގެދޮރު އިމާރާތް ކުރުމަށް ރޭވެމުންދާ މަސައްކަތްތަށް އަވަސްކޮށްދެއްވުމަށް މިނިސްޓަރު އާތ...
އަފްރާހް އަބްދުލް ރަޝީދު
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބާއްވާ ތެވެލި ކޮންފަރެންސް 2019 ފަށައިފިއެވެ. ތެވެލި 2019 ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ވަރަށް އަވަސް މިނުގައި ބަދަލުވަމުންދާ ދުނިޔެއެއްގައި އެކި ދާއިރާތަކުން ދިރާސާތައްކުރެވި ކަންކަން ދެނެގަނެވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ރާއްޖޭގައިވެސް އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ދިރާސީ ކޮންފަރެންސްތައް ބޭއްވިގެން ދިޔުމަކީ ތަޢުލީމީ ހަރުފަތުގައި ރާއްޖެވެސް ކުރިއަށް ޖެހިލިކަމުގެ ހެއްކެއްކަމަށެވެ. މޯލްޑިވް...
ޝިއުނާ އާދަމް
ހދ.އަތޮޅު ޓުއަރިޒަމް އިތުރަށް ފުޅާކުރުމާއި ބެހޭގޮތުން ހދ އަތޮޅުގެ 5 މެންބަރުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދުއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރު މިނިސްޓްރީ އޮފް ޓުއަރިޒަމްގައެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފުއާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ...
ޔުމްނާ ޢަލީ
33 ވަނަ ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފިއެވެ. ސްކޫލް ކުދިންގެ ފޮތުން ކިއުމުގެ ބައިން ކީ ސްޓޭޖް 2 ގެ 2 ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން އަންނަ ސަނީ މުޙައްމަދު ސިނާން މުނީރު އަށެވެ. ކީ ސްޓޭޖް 5 ގެ 2 ވަނަ ލިބިފައިވަނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ގައި ކިޔަވަމުން އަންނަ މަރިޔަމް ލަޔާލް އަށެވެ. މިދެދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް […]
ޝިއުނާ އާދަމް
ގައުމީ ގުރްއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް އަފާފް މުހައްމަދު ހޯދައިފިއެވެ. 33 ވަނަ ގައުމީ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަލްފާގައި އަފާފްއާ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަފާފްއަށް މަރުހަބާ ވިދާޅުވި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އަފާފް އެއްވަނަ ހޯދުމަކީ ހޯރަފުއްޓަށާއި އަ...
އަފްރާހް އަބްދުލް ރަޝީދު
އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ގޯތި ދޫކުރި ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފިއެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން 10 އޯގަސްޓް 2016 ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞާތު ހުޅުވާލައިފިއެވެ. މިހެން މިކަންކުރީ މިނިސްޓްރީ އޮފް ހައިސިންގ އެންޑް އާރބ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަޤާމަށް ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކީން ބޭއްވެވި ދެ ރަސްމިއްޔާތުގައެވެ. އެމްއެމްއޭގެ ގަވަރނަރ ކަމުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔ...
އިބްރާހިމް އަސްވާޤް
އަވަށްޓެރި އިންޑިޔާ އިން، ހަނދަށް ފޮނުވި “ޗާންދްރަޔާން 2” ގެ ލޭންޑަރ، “ވިކްރަމް” ހަނދުގެ ސަތަހައިގައި އޮއްވާ ފެނިފައިވާކަމަށް އެޤައުމުގެ ޖައްވީ އިދާރާ، އިސްރޯ އިން ހާމަކޮށްފިއެވެ. އިންޑިޔާގެ “ނިއުސް 18” އަށް މައުލޫމާތު ދެމުން، އިސްރޯގެ ވެރިޔާ ސިވާން ވިދާޅުވީ ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން ފެނިފައިވާކަމަށެވެ. އެހެންނަމަވެސް، އަދިވެސް އެ އުޅަނދަށް މުވާސަލާތު ކުރެވޭގޮތް ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން އަހަރުމެންނަށް ފެނިއްޖެ އަދި އޯބިޓާ […]
Thiladhun
ހއ. މޮޅަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫޤެވެ. ސޮނެކް ޓްރޭޑުގެ ފަރާ...
Thiladhun
ޔޫރޯ 2020 ގެ ކޮލިފިކޭޝަންސްގައި ގުރޫޕް އޭގައި އިންގްލަންޑް އާއި ބަލްގޭރިއާ ބައްލުކުރިމެޗް 4-0 ގެ ބޮޑު ތަފާތަކުން އިންގްލަންޑް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗްގައި ޓޮޓެންހަމްގެ ސްޓްރައިކަރ ހެރީ ކޭން ވަނީ އިންގްލަންޑަށް ހެޓްރިކް ހަދައިފައެވެ. އިންގްލަންޑްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންއެވެ. މެޗްގެ ފުރަތަމަ ގޯލް އިންގްލަންޑްއަަށް 24 ވަނަ މިނިޓްގައި ސްޓަލިން ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ކާމިޔާބުކޮށްދިންއިރު ކޭނ...
އަޙްމަދު އަސްފާން
އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް އެމޭޒަންގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ. އެއްބަސްވުމާގުޅޭ ވާހަކަތަކުގައި އިސްނެގީ ކޮލަމްބިއާގެ ރައީސް އިވާން ޑުކޭއެވެ. މި އެއްބަސްވުމާއި ގުޅޭ ވާހަކަތައް ކުރިއަށް ދިޔައީ ކޮލަމްބިއާގެ އެމޭޒަން ޖަންގަލީގެ ސަރަހައްދެއް ކަމަށްވާ ލެޓިސިއާގައެވެ. “ލެޓިސިއާ އެމޭޒަން ޕެކްޓް” ގެ ނަމުގައި ވީ މި އެއްބަސްވުމުގައިވާ ގޮތުން އެމޭޒަންގެ ގައުމުތަކުން އެކުވެގެން ޖަންގަލި ހިމާޔަތްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި ޖަންގަލި މޮނިޓަރ ކުރުން އިތުރު ކުރުމަށާއި ރީޖަނަލް ކޯޕަރޭ...
އަފްރާހް އަބްދުލް ރަޝީދު
ނ. ލަންދުއަށް ނިސްބަތްވާ ދެ މީހަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފޮއެވެ. ނިމިގެންދިޔަ 33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ޙާފިޡުކަމުގެ ހާސިލުކުރި ލަންދޫގެ ދެ ފަރާތަކީ އެ ރަށު ކިނާރާ، އަލްޙާފިޡާ މަޒީނާ އަބްދުއްރަހީމް، ހަމަ އެގޭ އަލްޙާފިޡާ މައިޝާ އަބްދުއްރަހީމެވެ. މި މުބާރާތުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު 15 ފަރާތަކުން ޙާޞިލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ބޭފުޅުންނާއި 6 ފިރިހެން ބޭފުޅުންނެވެ. ޙާފިޡުކަމުގެ ސަނަދު ހާސިލ...
އަފްރާހް އަބްދުލް ރަޝީދު
ޔޫރޯ ކޮލިފިކޭޝަންސްގެ ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ސާބިއާ 4-2 ނާތީޖާއަކުން މޮޅުވެފައެވެ. މެޗްގެ ފުރަތަމަ ގޯލް މެޗް ގެ 42 ވަނަ މިނިޓްގައި ކާމިޔާބްކޮށްދިނީ ޕޯޗުގަލްގެ ވިލިއަމް ކަރްވާލިއޯއެވެ. ޕޯޗުގަލްގެ ދެވަނަ ގޯލް 58 ވަނަ މިނިޓްގައި ގުއިޑިޒް ކާމިޔާބްކޮށްދިންއިރު ބަލްގޭރިއާގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 68 ވަނަ މިނިޓްގައި ނިކޯލާ މިލެންކޮވިޗްގެ ފަރާތުންނެވެ. ބަލްގޭރިއާގެ ގޯލަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ޔުވެންޓަސްއަށް ކުޅެމުން […]
އަޙްމަދު އަސްފާން
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސައީ މުބާރިކް ހޯދައިފިއެވެ. ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ ހޯދި ސާއީ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ސްކޫލް ކުދިންގެ ބައިން ފޮތުން ކިޔެވުމުގެ ގޮފީގެ ކީސްޓޭޖް ހަތަރަކުން ވެސް އެއްވަނަ ހާސިލް ކޮށްފައެވެ. ސާއީއަށް އިނާމު ހަވާލުކޮށްދެއްވީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ...
އަފްރާހް އަބްދުލް ރަޝީދު
ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ކޮންފޯޓް އެކްސްޕްރެސް އެމްސް 1 ނަމަކަށް ކިޔާ ފޭރީއެކެވެ. މިފެރީ ފަރަށް އަރާފައިވަނީ ކ. ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގުފަރާތު އޮންނަ ކަނޑުއޮޅި އަށެވެ. ކޯސްޓްގާޑަށް އެ މައުލޫމާތު ލިބިފައި ވަނީ، މިރޭ 9:40 އެހާކަންހާއިރު އެވެ. އެ ފެރީގައި 11 އަންހެނުންނާއި، ހަތަރު ކުޑަ ކުދިންގެ އިތުރުން 16 ފިރިހެނަކާއެކު 31 މީހުން ތިއްބެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ފެރީއަށް […]
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާ ނުވާނެކަމަށާއި އަދި ވަކި ޤައުމަކާ ދުރަށްވެސް ނުދާނެކަމަށް ފޮރިން ސެކެރެޓަރީ، އަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސް އިން ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކެރެޓަރީ ވިދާޅުވީ މި ސަރުކާރުން ޗައިނާއާ އޮންނަ ގުޅުންވެސް ހީނަރުވެފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފައިދާތައް ރައްޔިތުންނަށް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދެއްވުމ...
Thiladhun
ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި ތިލަދުންމަތީ، ކުޅުދުއްފުއްޓަށް އުފަން، އަފާ ހުސެއިން ރާއްޖެ ތަމްސީލްކޮށްފި އެވެ. ސަރަހައްދީ ބޮޑު ބައްދަލުވުމެއްގައި އަފާ ރާއްޖެ ތަމްސީލްކޮށްފައިވުމަކީ މުޅި ތިލަދުންމައްޗަށް ވެސް ލިބުނު ޝަރަފެކެވެ. ޔުނިސެފްގެ ވީޑިއޯއަކުން ވެސް ފެނިގެންދިޔަ އަފާއަކީ ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ މުޅި ރާއްޖޭގެ ވެސް ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާއަކީ ކުޅުދުއްފުށީގައި ހިންގާ “ބިލީފް” ޖަމިއްޔާގެ ފައުންޑާ ވެސްމެ އެވެ. ދެ...
ނ. ހަސަން
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ނެދަލެންޑްސްއާއި ޖަރުމަނުގެ ކުރިމަތިލުން ކާމިޔާބުކުރިީ ނެދަލެންޑްސްއިންނެވެ. ގްރޫޕް ސީ ގައި ހިމެނޭ ޖަރުމަން އަދި ނެދަލެންޑްސް ބައްދަލުކުރި މެޗް ނެދަލެންޑްސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑް ނަގައި ފުރަތަމަ ހާފް ނިންމާލީ ޖަރުމަނު ކުރީގައިއޮވެގެންނެވެ. މެޗްގެ 9 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ބަޔާންމިއުނިކަަށް ކުޅެމުންއަންނަ ސާޖް ގްނޭބްރީއެވެ. ޖަރުމަނުގެ ދެވަނަ ގޯލް 73 ވަނަ މިނިޓްގައި...
އަޙްމަދު އަސްފާން