ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި އަދި ހަމައެއާ އެކުގައި ރާއްޖެ ސަލާމަތް ކުރަން ވަރަށް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެއާ އެކުގައި ރާއްޖެ ސަލާމަތް ކުރަން ވަރަށް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ކުރިއަށް ހުރި ރިޕޯޓުތަކުން ގައުމު ސަލާމަތް ކުރުމުގެ މުހިއްމު ކަމާއި ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ޔަގީންވެގެން ދާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.
Dhivehiraajeyga harukashi fikuruge nurahkaa inthihaa ah othkan gaboolukoh migaumu salaamath kurumuge masahkath avas kurun muhimmu. Kuriah huri report thakun ekan maabodah yageen vegen dhaanekan kashavaru.
— MP Mohamed Shifau (@mhshifau) September 6, 2019
ޝިފާއު މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރި މައުލޫމާތުތަކުގެ ފަހުން ބަހުސްއެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.
މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރިފައިވަނީ ހީކުރެވިފައި އޮތް ވަރަށް ވުރެ މާ ބޮޑަށް ކަމަށެވެ. އެމީހުން ޓާގެޓުކުރަނީ ކުޑަކުދިންނާއި ޒުވާނުން ކަމަށާއި އޭގެ ތެރެއިން ވެސް ބަލަނީ އެކަނިވެރިކޮށް އުޅޭ ކުދިންނަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެކުދިންނަށް ހަރުކަށި ފިކުރުތަކުގެ ދައުވާތަކާއި ވީޑިއޯތައް ދައްކައި އެހެން ފިކުރުތަކުގެ މީހުންނަކީ ކާފަރުންކަމަށް ދައްކައި މަގު އޮޅުވާލާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މިޖަމާއަތްތަކުން ރާއްޖޭގައި ވިޔަފާރިތައް ކުރަމުން އަންނަ ކަމަށާއި އެ ވިޔަފާރިތަކުން މިމީހުންގެ މަސައްކަތަށް ފަންޑުކޮށް އެއިން ބަޔެއް ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް ފޮނުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިވިޔަފާރިތައް ހުއްޓުވައި ފަންޑުކުރުން ހުއްޓުވުމަށް ސުއޫދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!