ހދ. ނެއްލައިދޫ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ނެއްލައިދޫއާއިއެކު ނ. ކުޑަފަރިއާއި ގދ. ތިނަދޫގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad
rt

އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި، އެމިނިސްޓްރީގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމިނިސްޓްރީގައެވެ.

ޔޫތު މިނިސްޓްރީ ހުންނަނީ ވެލާނާގޭ ތިންވަނަ ފަންގިފިލާގައެވެ.