ހިތްފަސޭހަ މާހައުލެއްގައި ތިބެ ރަހަމީރު ކެއުމުގެ އެކި ބާވަތްތަކަކަށް އިންސާފު ކޮށްލައި، ކޮފީ ބޯލަން ހުޅުމާލޭ ''ދަ ކެޗް 78'' ރެސްޓޯރެންޓަށް ކޮންމެހެން ވެސް ގޮސްލަންވާނެއެވެ.

ހުޅުމާލޭ ނިރޮޅު މަގު 19 ނަމްބަރު ގޯޅި ކަންމަތީ، ޕްލޮޓް ނަންބަރު 11049ގައި ހުންނަ، ''އެޗް78 ހޮޓެލް''ގައި ހުންނަ މި ރެސްޓޯރެންޓަކީ ހިތްގައިމު، ޚިދުމަތް ފުރިހަމަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުން ލިބޭ ކޮލިޓީ ކޮފީގެ އިތުރުން މިތަނުން ލިބޭ ކޮންމެ ކެއިން ބުއިމުގެ ބާވަތެއް ވެސް އެހާމެ ކޮލިޓީ ވާނެއެވެ.

Ad
rt

ހެނދުނު 8 ކުން ރޭނގަޑު 11:00 އަށް ޚިދުމަތް ފޯރުކޮށްދޭ މި ރެސްޓޯރެންޓުން ލިބޭނެ އަނެއް ހިތް ހަމަޖެހުމަކީ މި ރެސްޓޯރެންޓްގައި އިށީނދެ ތިބުމުގެ ޖާގަތައް ހަމަޖައްސާފައި ހުންނަނީ ތާޒާވައި ލިބޭގޮތަށް، ކަސްޓަމަރުން އެންމެ ހިތްއުފާވާނޭ ގޮތް ތަކަށެވެ. މި ރެސްޓޯރެންޓުގެ ޚިދުމަތް ''އެޗް78 ހޮޓެލް''ގެ ގްރައުންޑް ފްލޯއިންނާއި، އަދި ރޫފް ޓޮޕްއިން ވެސް ލިބޭނެ އެވެ.

''އެޗް78 ހޮޓެލް''ގެ ރޫފް ޓޮޕްގައި ހުންނަ "ދަ ކެޗް 78'' ރެސްޓޯރެންޓަކީ ހުޅުމާލޭގައި ވެސް އެންމެ ހިތްގައިމު އެއް ރޫފް ޓޮޕް ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓުގައި އިށީނދެ ތިބޭއިރު، ވެށީގެ ތާޒާ ވައިލިބި، ހުޅުމާލޭގެ ރީތި މާހައުލުން ހިތްތަކަށް ހިތްހަމަޖެހުން ގެނުވާނެ އެވެ. މިނިވަން ޖައްވެއްގައި، ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށް އެންމެ ރަހަމީރު ކެއުންތަކަށް އިންސާފް ކޮށްލުމަށް އެއީ ހަމަ އެންމެ ރަނގަޅު ޗޮއިސްއަކަށް ވާނެކަން ގައިމެވެ.

މި ރެސްޓޯރެންޓުން ޕްރޮފެޝަނަލް ޝެފުން ތައްޔާރު ކުރާ އެކި ބާވަތްތަކުގެ ކާނާ ލިބެން ހުންނައިރު، އޭގެ ތެރޭގައި އިންޓަރނޭޝަނަލް ފުޑްގެ ރަހަމީރު އެކި ބާވަތްތައް ހިމެނެއެވެ. މި ރެސްޓީރެންޓުން ޚިދުމަތްދޭން ތިބީ ސްޓާފުންގެ ހިތް ހެޔޮކަމާއި، ފުރިހަމަ ޚިދުމަތަކީ އެ ރެސްޓޯރެންޓް ތަޖުރިބާކޮށްލަން ޖެހޭ އަނެއް ސަބަބެވެ.

މާލޭގެ ހަލަބޮލި ކަމުން ނުކުމެ، ސިނަމާލެ ބުރިޖުން ދުއްވާލައި، ހިތް އުފާކޮށްލަމުން ކޮފީއެއް ބޯލައި، ކެއުމަކަށް އިންސާފުކޮށްލަން އަދި އެކުވެރިންނާއި، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ހުޅުމާލޭ ''ދަ ކެޗް 78'' ރެސްޓޯރެންޓް ބަރާބަރުވާނެއެވެ.