Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
703 Stories
35 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި
Raajje

ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް ”ދާރުއްސަލާމް”ގެ ބިންގާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދަކާ އެއްގޮތަށް، ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. މި އިމާރާތް ޢިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝ...

އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް
Raajje

އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން “ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން” މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދަ މުޙައްމަދެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދ...

ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި
Thiladhunmathi News

ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު […]

އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ގާއިމުކުރުމަށް އިމާރާތް ހަވާލުކޮށްފި
Raajje

އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ގާއިމުކުރުމަށް އިމާރާތް ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމަށް ބޭނުންވާ އިމާރާތް، އެ ޔުނިވަރސިޓީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެމްއެންޔޫގައެވެ. މި ކެމްޕަހަށް ބޭނުންވާ އިމާރާތް ހަމަޖައްސައިދީފައިވަނީ އުނގޫފާރު ކައުންސިލްގެ ފަރާތުންނެވެ. މި އިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރ...

ބޮޑުގެ ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ ހަތަރު ބުރީގެ މިސްކިތުގެ ބިންގާ އަޅައިފި
Raajje

ބޮޑުގެ ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ ހަތަރު ބުރީގެ މިސްކިތުގެ ބިންގާ އަޅައިފި

މާލޭގެ ބޮޑުގެ ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. ”މަސްޖިދުއްދަޢްވާގެ ބިންގާ” ނަން ދީފައިވާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހެޔޮއެދޭ ފަރާތްތަކުން (މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ) ފަންޑުކުރާ މި މަޝްރޫޢު ހިންގެ ދަށުން 4 ބުރިއަށް އަޅާ މި މިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ. ”މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް […]

މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ
Thiladhunmathi News

މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި ފައިނަލްގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. އަދި ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށްޓާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިރޭގެ ފައިނަލް ކުޅޭއިރު މިލަންދޫގެ ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައ...

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި
Thiladhunmathi News

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ޓާމިނަލުން މިއަދު ޚިދުމަތްދޭން ފަށައިފިއެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ ޚިދުމަތް ރަސްމީކޮށް ފެށީ މިއަދު 14:00 ގައި ޗެކިން ފެށި މޯލްޑިވިއަންގެ މަތިންދާބޯޓުގެ ޗެކިންނާއެކުގައެވެ. މި މަތިންދާބޯޓު ހަނިމާދޫ އަށް ޖައްސާފައި ވަނީ ހަވީރު 16:03 ގައެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ އައު ޓާމިނަލް މިއަދު ޚިދުމަތް ބަދަލުކުރާކަން ހާމަކޮށް އެ ވައިގެ ބަނދަރު ހިންގާ ކުންފުނި، މޯލްޑިވްސް އެއާ...

ބޯކޮށް ވާރޭވެހި ވައިގަދަވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

ބޯކޮށް ވާރޭވެހި ވައިގަދަވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ވައި ގަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު ހެނދުނު […]

ށ.އަތޮޅު ކައުންސިލަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ރަންވަނަތަކެއް
Thiladhunmathi News

ށ.އަތޮޅު ކައުންސިލަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ރަންވަނަތަކެއް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތަކެއް ށ.އަތޮޅު ކައުންސިލާއި، އެ ކައުންސިލުން ބައިވެރިކުރި ދަރިވަރުން ހޯދައިފިއެވެ. މިގޮތުން މި މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން ށ. އަތޮޅު ކައުންސިލުން ވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އާއި މުޅި މުބާރާތުން ފަޚްރުވެރި 2 ވަނަ ހޯދާފައެވެ. މި މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ […]

ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް
Thiladhunmathi News

ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާ...

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް
Report

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

މާޅޮހަށް ރަންފަރު ފަޅު ދީފި
Raajje

މާޅޮހަށް ރަންފަރު ފަޅު ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ (އއ) މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ފަޅު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ޤަރާރު ނަންބަރު 20/2025 ގެ ދަށުންނެވެ. މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ވަނީ އަރިއަތޮޅު އުތުރުބުރީ ރަންފަރު ފަޅު، މާޅޮހުގެ ބައެއްގެ ގޮތު...

ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ
Thiladhunmathi News

ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ

ހއ. ހޯރަފުށީ ކައުންސިލުން، އެ ރަށަށް ނިސްބަތްވާ ފަޚްރުވެރި ދެ ފަންނުވެރިންކަމަށްވާ މަރުޙޫމް މަޑުލު މުޙައްމަދު ވަހީދާއި އާދަމް ސަލީމް (ހޯރަފުށީ ސަލީމް)ގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަންނިންމާފައިވާކަން ޢިއުލާންކޮށްފިއެވެ. އެ ދެ މުބާރާތަކީ މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތެވެ. މިކަން ޢިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ބޭއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ...

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެ
Raajje

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ. މިކަން ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މިވަގުތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ދަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ދަތި ވަގުތުގައި އާންމުންނާއި ޚިދުމަތް ހޯދާ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި ޓްރާންސްޕޯޓުން ވަނީ ޝުކުރުއަދާކޮށްފައެވެ. މިކަމ...

އީރާނުން އިސްރާއީލްގެ ޑްރޯނެއް ވައްޓާލައިފި
International

އީރާނުން އިސްރާއީލްގެ ޑްރޯނެއް ވައްޓާލައިފި

އިރާނުން އިސްރާއީލުގެ ޑްރޯނެއް ވައްޓާލައި އޭގެ ބައިތައް ފެންނަ ވީޑިއޯއެއް އިރާނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ. މިއަދު ވައްޓާލެވުނު ކަމަށް ބުނާ މި ޑްރޯނަކީ އިސްރާއީލުގެ ހަރމެސް 900 ބާވަތުގެ ޑްރޯނެކެވެ. ލޮރެސްޓާން ނިއުސް އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޑްރޯން ވައްޓާލީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބާރުތަކުން ލޮރެސްޓާން ޕްރޮވިންސްގެ ޚުއްރަމްއާބާދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އީރާނުން މީގެ ކުރިން ވެސް ވަނީ އިސްރާއީލުގެ ހަނގުރާމަތީ ބޯޓުތަކ...