ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.
މި ފައިނަލްގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ.
މިލަންދޫ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. އަދި ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށްޓާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ.
މިރޭގެ ފައިނަލް ކުޅޭއިރު މިލަންދޫގެ ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. އަދި ކަނޑިތީމު ސަޕޯޓަރުން ތިބެން ހަމަޖައްސާފައި ވަނީ ދަނޑުގެ ދެކުނު ފަރާތުގައެވެ.
މި މެޗު ރަސްމިއްޔާތު މިރޭ 20:00 ގައި ފަށަން ނިންމާފައިވާއިރު، ފައިނަލް މެޗު ފަށާނީ 20:30 ގައެވެ.
ކަނޑިތީމުގައި ކުޅެމުން އަންނަ މި މުބާރާތު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ.
މި މެޗު ށ.އަތޮޅު ކައުންސިލްގެ ''މިލައުތުރު ސްޕޯޓްސް'' ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!