ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމަށް ބޭނުންވާ އިމާރާތް، އެ ޔުނިވަރސިޓީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެމްއެންޔޫގައެވެ.
މި ކެމްޕަހަށް ބޭނުންވާ އިމާރާތް ހަމަޖައްސައިދީފައިވަނީ އުނގޫފާރު ކައުންސިލްގެ ފަރާތުންނެވެ.
މި އިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ. އަދި އުނގޫފާރު ކައުންސިލް އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.
މި ކެމްޕަސް ޤާއިމްކުރުމުގެ މަޤްޞަދަކީ ރ. އަތޮޅުގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ލުއިފަސޭހަގޮތަކަށް ފޯރުކޮށްދިނުމެވެ.
މިފަހުން އެމްއެންޔޫއިން ވަނީ އިތުރު ބައެއް ރަށްރަށުގައި ވެސް މިފަދަ ކެމްޕަސް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!