ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިކަން ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

Ad
rt

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މިވަގުތު މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ދަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ދަތި ވަގުތުގައި އާންމުންނާއި ޚިދުމަތް ހޯދާ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި ޓްރާންސްޕޯޓުން ވަނީ ޝުކުރުއަދާކޮށްފައެވެ.

މިކަމުގެ ސަބަބުން ޢާންމުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.