ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ހަމަހަމަ ކުރަން ޔާސިރުގެ އިސްލާޙެއް
ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އިސްލާޙެއް ހުށަހަޅުއްވައިފިއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށާފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ވެސް ޔާސިރެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށްފަހު ޔާސިރު މިއަދު ވަނީ...