ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، އެރަށުގައި ކަސްރަތު ޕްރޮގްރާމެއް ހިންގަން ނިއްމައި، ބައިވެރިވާން ފުރުޞަޠު ހުޅުވާލައިފިއެވެ.
އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ހަފުތާގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ އެރަށުގެ މީހުން ވައިބާ މެދުވެރިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެންގުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ. އެ ކޮމެޓީން މިކަމަށް ޚާއްޞަކޮށްފައިވާ ވައިބާ ނަމްބަރުތަކަކީ، 7748083، 7483301 އެވެ.
މި ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަވެސް އެ ނަމްބަރު ތަކަށް ގުޅުން އެ މައުލޫމާތެއް ސާފުވާނެ ކަމަށް އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން ބުނެއެވެ.
އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެރަށުގެ މީހުން ދިރިއުޅޭ 128 ގޭބިސީއަކަށް އާ އަހަރުގެ ކަލަންޑަރު ވެސް ވަނީ ހަދިޔާ ކޮށްފައެވެ.
އެ ކޮމެޓީން އަންނަނީ ޚާއްޞަ އެކި ދުވަސްތައް ފާހަގަ ކުރުމަށް ޙަރަކާތްތައް ހިންގުމުގައި ބައިވެރިވުން ދިނުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ހިންގޭ ކަންކަމުގައިއާއި، އިޖުތިމާއީއެކި ހަރަކާތްތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!