ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައި ވަނީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯދި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދަށާއި، އެމްޑީޕީއަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ސައުދު ވިދާޅުވީ، މި ކާމިޔާބީ ގުޅިފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، މި ސަރުކާރަށާއި އަދި އެމްޑީޕީ އަށް އެ ދާއިރާގެ ރައްޔިތުން ކުރާ އިތުބާރާ ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު" ސައުދު ވިދާޅުވިއެވެ.
Komandoo dhairaage by-election kāmiyāb kurevi @MDPSecretariat ge candidate @Rashid141221 aa MDP ah Maruhaba dhannavan. Mi kāmiyābee aa gulhifaivany Raees @ibusolih aa sarukārai MDP ah e dhairaage rayyithun kuravva ithubāru. Sarukāruge siyāsathu thakai rayyithun ruhey minvaru.
— Saud Hussain MP (@SaudVillingili) February 5, 2022
މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ މުޙައްމަދު ރާޝިދަށް ވަނީ 1401 ވޯޓު ލިބިފައެވެ.
ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް އަބުދުލް ހަންނާން އިދުރީސްއަށް ލިބުނީ 323 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!